
ޓެކުހަށް މަކަރު ހެދުމުގެ ކުށުގައި އަންޗެލޮއްޓީއަށް އެއްއަހަރުގެ ޖަލު ހުކުމެއް
ޓެކުހަށް މަކަރުހެދި ކަމުގެ ކުށުގައި ރެއާލްމެޑްރިޑްގެ ކުރީގެ ކޯޗު ކާލޯ އަންޗެލޮއްޓީއަށް އެއް އަހަރުދުވަހުގެ ޖަލު ހުކުމެއް ބުދަ ދުވަހު މެޑްރިޑްގެ ކޯޓުން އިއްވައިފިއެވެ. ޖަލު ހުކުމުގެ އިތުރުން އަންޗެލޮއްޓީ ވަނީ 386,000 ޔޫރޯ (452,000 އެމެރިކާ ޑޮލަރު) އިން ޖޫރިމާނާވެސްކޮށްފައެވެ.
ބްރެޒިލްގެ ޤައުމީ ޓީމުގެ ކޯޗުގެ މަޤާމްގައި މިހާރުހުރި އަންޗެލޮއްޓީގެ އިމޭޖްރައިޓްސްގެ ފައިދާއިން ޓެކްސްއަށް މަކަރު ހަދާ އޮޅުވާލިކަމަށް ކަނޑައަޅާފައިވަނީ 2014 ވަނަ އަހަރު ރެއާލްގެ ކޯޗުގެ މަޤާމުގައި ހުރިއިރުއެވެ.
ސްޕެއިންގެ ޤާނޫނުތައްބުނާގޮތުން ނުރައްކާތެރި ބޮޑެތި ކުށްތަކުގައި ނޫނީ ނުވަތަ ކުރިން ޖަލު ހުކުމެއް ތަންފީޒުކޮށްފައިނުވާނަމަ ދެއަހަރަށް ވުރެ ކުޑަ ޖަލު ހުކުމެއް އިއްވާ ފަރާތްތަަކަށް ޖަލު ހުކުމް ތަންފީޒުކުރާކަށް ނުޖެހެއެވެ. އެހެންކަމުން ޖަލު ހުކުމް އަންޗެލޮއްޓީ ތަންފީޒުކުރާކަށް ނުޖެހޭނެއެވެ.
66 އަހަރުގެ އަންޗެލޮއްޓީ ވަނީ ދެފަހަރެއްގެ މަތިން ރެއާލްގެ ކޯޗުގެ މަޤާމް އަދާކޮށްފައެވެ. އެއީ 2013 ން 2015 އަށް އަދި 2023 ން 2025 އަށެވެ. 2015 ގައި ވެސް އަންޗެލޮއްޓީގެ މައްޗަށް ޓެކުހަށް މަކަރުހެދިކަމުގެ ތުހުމަތު ކުރެވިފައި ވެއެވެ. މިފަހަރު ކޯޓުން އަންޗެލޮއްޓީގެ މައްޗަށް ހުކުމް އިއްވާފައިވަނީ މިލިއަނެއްހާ ޑޮލަރުގެ ޓެކުހަށް މަކަރު ހެދިކަމުގެ ތުހުމަތުގައެވެ.
ހުކުމާ ބެހޭގޮތުން އަންޗެލޮއްޓީގެ ޤާނުނީ ޓީމުން ވަނީ ވާހަަކަ ދައްކަން ދެކޮޅުހަދާފައެވެ. ނަމަވެސް ހުކުމަށް އިޙްތިރާމް ކުރާ ކަމަށާއި އޮޅިގެންވިއަސް ނުދެއްކި އޮތް ފައިސާއެއްވާނަމަ އެކަން ހަމަޖައްސާނެކަމަށްވެސް ޓީމުންވަނީ ބުނެފައެވެ. އަދި ގަސްތުގައި ޓެކުހަށް މަކަރު ހަދާފައި ނުވާނެކަމަށް އަންޗެލޮއްޓީވެސް ވަނީ ބުނެފައެވެ
ރިއެކްޝަންސް






