
ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް މިއަދު ފުރާވަޑާއިގަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ވާގޮތުން ދަތުރުފުޅުފައި މަތީފަންތީގެ ބައެއް ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައި ގަންނަވާ ގޮތަށް ވަނީ ހަަމަޖެހިފައެވެ.
ރައީސްގެ އަރިހުގައި ސަރުކާރުގެ އިސް ވަފުދެއްވެސް އިނގރޭސިވިލާތުގެ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އަދި ރާއްޖެ އާއި އިނގިރޭސި ވިލާތާ ދެމެދުގައި އެކިދާއިރާތަކުން ދެގައުމުގެ ގުޅުންބަދަހި ކުރުމުގެ ބައްދަލުވުންތައް ކުރިއަށްދާނެކަމަށްވެސް ބުނެފައި ވެއެވެ.
އޭގެ ތެރޭގައި ވެރިކަން ހިންގުމުގެ ކަންކަން ހަރުދަނާކުރުމާއި, މޫސުމީ އަދި ތިމާވެށިގެ މައްސަލަތަކުގެ އިތުރުން ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ފުރުޞަތު ތަކާބޭހޭގޮތުން ދެގައުމުގެ އިދާރާތަކުގެ މެދުގައި މަޝްވަރާތައް ކުރިއަށް ދާނެއެވެ.
ދަތުރުފުޅުގައި ވެރިރަށް ލަންޑަންގައި އޮންނަ ބިޒްނަސް ފޯރަމްއަށް ވެސް ރައިސް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އިތުބާރުގެ މައްޗަށް ޤާއިމްވެފައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި ވެސް ރައީސް އޮފީހުންވަނީ ބުނެފައެވެ. މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހަކީ ރާއްޖެއާއި އިނގިރޭސި ވިލާތާ ދެމެދު ހާރިޖީ ގުޅުން ޤާއިމްކުރެވުންތާ 60 އަހަރު ފުރޭ ދުވަހެވެ.
ރިއެކްޝަންސް






