އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި
އެޗްއާރުސީއެމް

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލައިފި

9 months ago - 20:56
Jul 15, 2025 - 21:47
Advertisement
Advertisement

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަލުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ އެޗްއާރުސީއެމްގެ ދެ މެންބަރުންގެ މުއްދަތު ހަމަވާތީ އެ ދެ މަގާމަށް ކުރިމަތިލުމަށް ފުރަތަމަ ފަހަރު ފުރުސަތު ހުޅުވާލުމުން އެކަށީގެންވާ އަދަދަށް ބޭފުޅުން ކުރިމަތިލައްވާފައި ނުވާތީ މި ފުރުސަތު އަލުން ހުޅުވާލީކަމަށެވެ.

މި މަގާމުތަކަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިއަދުން ފެށިގެން 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށްކަމަށާއި، އަދި ފޯމު ބަލައިގަންނާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement