އަންނަ މަހުން ފެށިގެން ތައިލެންޑަށް ދާއިރު އެރައިވަލް ކާޑު ފުރަންޖެހޭ ގޮތަށް ބަދަލުގެނެސްފި
ތައިލެންޑަކީ ގިނަ އަދަދަކަށް ދިވެހިން ދާ ގައުމެއް

އަންނަ މަހުން ފެށިގެން ތައިލެންޑަށް ދާއިރު އެރައިވަލް ކާޑު ފުރަންޖެހޭ ގޮތަށް ބަދަލުގެނެސްފި

1 year ago - 17:30
Apr 10, 2025 - 17:59
Advertisement
Advertisement

ތައިލެންޑަށް ދަތުރުކުރާ ދިވެހިން ފުރުމުގެ ތިން ދުވަސްކުރިން ޑިޖިޓަލް އެރައިވަލް ކާޑު ފުރިހަމަކުރަން ޖެހޭގޮތަށް ބަދަލު ގެނެސްފިއެވެ

އަންނަމަހު ފުރަތަމަ ދުވަހުން ފެށިގެން ތައިލެންޑަށް ދަތުރުކުރާ ކޮންމެ މީހަކު ތައިލެންޑަށް އެތެރެވުމުގެ ކުރިން "ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު" ފުރިހަމަކުރަންޖެހޭ ގޮތަށް ތައިލެންޑް އިމިގްރޭޝަނުން ވަނީ އުސޫލުތަކަށް ބަދަލު ގެނެސްފައެވެ.

މި އޮންލައިން ފޯމް ފުރިހަމަ ކުރަންޖެހޭނީ ލިންކް މެދެވެރިކޮށް ފުރުމުގެ 3 ދުވަސް ކުރިންނެވެ.

ރާއްޖޭގެ ފޮރިންގ މިނިސްޓްރީން ވިދާޅުވީ މިބަދަލުގެ ސަބަބުން، ރާއްޖެއާއި ތައިލެންޑާ ދެމެދު ހަމަޖެހިފައިވާ ވިސާގެ އެއްވެސް އިންތިޒާމަކަށް ނުވަތަ ސިޔާސަތަކަށް ބަދަލެއް އައިސްފައިނުވާ ކަމަށާއި، އަދި ކުރިއެކޭ އެއްގޮތަށް ދިވެހިންނަށް މިހާރުވެސް 90 ދުވަހުގެ "އެންޓްރީ ވިސާ" ގައި ތައިލެންޑަށް ދަތުރު ކުރެވޭނެކަމަށެވެ.

ނަމަވެސް ތައިލެންޑަށް ދަތުރުކުރައްވާ ފަރާތްތަކުން، ދިވެހިރާއްޖެއިން ފުރުމުގެ ކުރިން ތައިލެންޑް ޑިޖިޓަލް އެރައިވަލް ކާޑު އޮންލައިންކޮށް ފުރުއްވުމަށް ޚާރިޖިއްޔާއިން އިލްތިމާސްކުރެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement