ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފި: ހެލްތު މިނިސްޓަރު
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް / ފޮޓޯ: ރައީސް

ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފި: ހެލްތު މިނިސްޓަރު

5 days ago - 18:00
Apr 10, 2025 - 18:02
Advertisement
Advertisement

ރާއްޖޭގައި ބޭސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ގެނައުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ނަތީޖާ މިހާރު ފެންނަށް ފަށައިފިކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ނާޒިމް ވިދާޅުވީ ބޭސް ލިބުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ސަޕްލައި ޝޯޓޭޖުގެ މައްސަލަކަމަށެވެ.

"ސަޕްލައިގެ ޝޯޓޭޖް މައްސަލަތަކެއް ހުރެގެން ގިނަ ރައްޔިތުންތަކަކަށް ބައެއް ބޭސްތައް ނުލިބިގެން އުޅޭ ކަމުގެ ކަންބޮޑުވުމާއި އެކަމުގެ މުހިންމުކަން އަޅުގަނޑުމެންނަށް އެނގިގެން ސަރުކާރުގެ ކަމާބެހޭ ހުރިހާ ފަރާތްތަކުން މިކަމަށް ހައްލު ގެންނަން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާނީ. އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އޭގެ ނަތީޖާ މިހާރު ވަރަށް ރަނގަޅަށް ފެންނަމުން އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.

Advertisement
Advertisement

ބޭސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް އެސްޓީއޯގެ ބޭސް ސަޕްލައި އިތުރުކޮށް، ބޭހުގެ ކަންކަން ބެލެހެއްޓުމުގައި ގަވަނަންސް ހަރުދަނާކުރުމުގެ އިތުރުން އެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންގެ އަދަދު އިތުރުކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ބޭސް ޕްރިސްކްރައިބް ކުރުމުގެ ކަންތައްތަކާއި ގުޅޭގޮތުން އާސަންދަ ޕޯޓަލްއަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެވިފައިވާ ކަމަށާއި، އަދި ބޭސް ލިބުމުގައި އާންމުންގެ ޝަކުވާތައް ހުންނަ މިންވަރު ގަވާއިދުން ބަލައި، ހައްލުކުރަން މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި މިވަނީ މިފަހަކަށް އައިސް އާއްމުކޮށް ބޭނުންކުރާ ބައެއް ބޭސް ނުލިބިގެން އާންމުންގެ ތެރެއިން ވަރަށް ގިނަބަޔަކު  ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement