ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅެނިކޮށް, ފަރުވާދޭން ފެށި މީހާ މަރުވެއްޖެ
މަރުވީ ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހުރި މީހެއް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅެނިކޮށް, ފަރުވާދޭން ފެށި މީހާ މަރުވެއްޖެ

1 year ago - 21:25
Apr 10, 2025 - 21:26
Advertisement
Advertisement

ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅެނިކޮށް, ފަރުވާދޭން ފެށި މީހާ މަރުވެއްޖެއެވެ.

ފުލުހުން މިރޭ ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހުގެރޭ ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅެނިކޮށް, ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭންފެށި މީހާ މަރުވީ މިއަދު މެންދުރު ފަހު ކަމަށެވެ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާ ހަވާލާދެއްވާ ފުލުހުން ވިދާޅުވީ އޭނާ މަރުވީ މިއަދު 15:18 ހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވީ މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހާދިސާގެ މައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގާފައިވާގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން  ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement