11 މިސްކިތަކާއި, އިސްލާމީ މަރުކަޒަކާއި, ގުރުއާނާބެހޭ މަރުކަޒުގެ ދެ ގޮތްޕެއް އަޅަން ހަވާލުކޮށްފި
މިސްކިތް އަޅަން ފެނަކައާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ: ފޮޓޯ-އިސްލާމިކް މިނިސްޓްރީ

11 މިސްކިތަކާއި, އިސްލާމީ މަރުކަޒަކާއި, ގުރުއާނާބެހޭ މަރުކަޒުގެ ދެ ގޮތްޕެއް އަޅަން ހަވާލުކޮށްފި

6 hours ago - 15:00
Mar 15, 2025 - 15:00
Advertisement
Advertisement

11 މިސްކިތަކާއި, އިސްލާމީ މަރުކަޒަކާއި, ގުރުއާނާބެހޭ މަރުކަޒުގެ ދެ ގޮތްޕެއް އަޅަން ހަވާލުކޮށްފި އެވެ. އެއްބަސްވުންތަކުގައި ސޮއިކުރުން އޮތީ މިއަދު އިސްލާމީ މަރުކަޒުގައެވެ. މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ ފެނަކައަށެވެ.

އެމްޓީސީސީއާ ވަނީ 3 މަޝްރޫއު ހަވާލުކޮށްފައެވެ. 11 މަޝްރޫޢު ހަވާލުކުރީ ފެނަކައާއެވެ. މިސްކިތްތައް އަޅަނީ ސަރުކާރުގެ ޚަރަދުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. މިސްކިތްތައް ސޯލާ އާއި އޭސީ ހަރުކޮށް ވިނައިލް ފްލޯރިންގ އަޅާނެ ކަމަށާއި ޤުރުއާން ކިޔަވައިދޭ ކުލާހެއްވެސް މިސްކިތުގައި ހިމެނޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ޤުރުއާނާ ބެހޭ މަރުކަޒުތައް އިމާރާތް ކުރަނީ 3 ކުލާސް ރޫމާއި ލައިބްރަރީ އަދި ހޯލު ހިމެނޭ ގޮތަށެވެ. އަދި ޱއިސްލާމީ މަރުކަޒުގައި ނަމާދު ކުރާ ބައިގެ އިތުރުން ޖަލްސާކުރާ ހޯލާއި ލައިބްރަރީ، ކުލާސް ރޫމް ހިމެނޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިސްކިތްތައް އަޅާ ރަށްތަކަކީ އއ.ފެރިދޫ, ބ.މާޅޮސް, ހއ.ބާރަށް, ބ.ކުޑަރިކިލު, ށ.ނޫމަރާ, ހދ.ނެއްލައިދޫ, ރ.އިނގުރައިދޫ, ތ.ވޭމަންޑޫ, ނ.ހެނބަދޫ, ސ.ފޭދޫ, އަދި ތ.ހިރިލަންދޫ އެވެ. އިސްލާމީ މަރުކަޒު ބިނާކުރަނީ ށ.ފޯކައިދޫގައެވެ. އަދި ޤުރުއާނާބެހޭ މަރުކަޒުގެ ގޮފި ބިނާ ކުރަނީ ޅ.އޮޅުވެލިފުށްޓާއި, ލ.މާބައިދޫގައެވެ.

Advertisement
Advertisement

އިސްލާމީ މަރުކަޒު ބިނާ ކުރަން ހަވާލުކުރީ 900 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ވޭމަންޑޫ އާއި ނޫމަރާ މިސްކިތް ނިންމަންޖެހެނީ 550 ދުވަހުގެ ތެރޭގައެވެ. އެހެން މިސްކިތްތައް އެއް އަހަރު (365 ދުވަސް) ގެ ތެރޭގައި ނިންމަން ޖެހެއެވެ.

އެއްވަސްވުންތަކުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު އެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ރިޓަޔަޑް މުޙައްމަދު ނަޖާހު އެވެ, އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ ރިޓަޔަޑް އަހުމަދު ސައުދީ އެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement