ނޮޓިންގްހަމް ފޮރެސްޓް އެނބުރި ގަދަ ހަތަރަކަށް, ސިޓީ އެއްވަރުވިއަސް ހާލަންޑަށް ރެކޯޑެއް
އާލިންގް ހާލަންޑް ޕްރިމިއަރ ލީގުގައި އެންމެ އަވަހަށް 100 ހަމަކުރި ކުުޅުންތެރިޔާގެ ރެކޯޑް ވަނީ ހަދާފައި. ފޮޓޯ: ޕްރިމިއަރ ލީޣޫ

ނޮޓިންގްހަމް ފޮރެސްޓް އެނބުރި ގަދަ ހަތަރަކަށް, ސިޓީ އެއްވަރުވިއަސް ހާލަންޑަށް ރެކޯޑެއް

2 days ago - 01:37
Mar 16, 2025 - 05:40

އިނގިރޭސި ޕްރިމިއަރ ލީގުގައި ނޮޓިންގްހަމް ފޮރެސްޓުން އިޕްސްވިޗް ޓައުންގެ މައްޗަށް 4-2 ން ކުރިހޯދާ, ތާވަލްގެ ތިންވަނަ މަޤާމަށް ކުރިއަށް ޖެހިލައިފިއެވެ. ބްރައިޓަންއާ ބައްދަލުކުރި މެޗުން 2-2 ން އެއްވަރުވެ, މެންޗެސްޓަރ ސިޓީއަށް ޕޮއިންޓަކުން ފުއްދާލަން ޖެހުނުނަމަވެސް, ސިޓީގެ އާލިންގ ހާލަންޑް ވަނީ ލީގުގައި 84 މެޗުން 100 ގޯލް ކޮންޓްރިބިއުޝަނާއެކު ރެކޯޑެއް ޤާއިމްކޮށްފައެވެ.

ސިޓީން މޮޅުވެ ތާވަލްގެ ގަދަ ހަތަރަކަށް އަރަން ލިބުނު ފުރުޞަތު ގެއްލުނުއިރު ނޮޓިންގްހަމަ ފޮރެސްޓްއިން ތާވަލްގެ ތިންވަނައިގައި އޮތީ ދެވަނައިގައި އޮތް އާސެނަލް އަށްވުރެ ޕޮއިންޓެއް މަދުކޮށެވެ. އާސެނަލް އިން ހަތަރުވަނައިގައި 49 ޕޮއިންޓާއެކު އޮތް ޗެލްސީއާ ދެކޮޅަށް މާދަމާ ނިކުންނާނެއެވެ. މެންޗެސްޓަރ ސިޓީ ތާވަލްގެ ފަސް ވަނައިގައި އޮތީ 48 ޕޮއިންޓާއެކުއެވެ.  

ފޮރެސްޓަށް މެޗުގެ 35 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ނިކޮލާ މިލެންކޮވިޗް އެވެ. އޭގެ ދެމިނެޓް ފަހުން އެންތޮނީ އެލަންގާ ލީޑު ފުޅާކުރިއިރު, އޭނާވަނީ 41 ވަނަ މިނިޓްގައި ފޮރެސްޓްގެ ތިންވަނަ ގޯލްވެސް ކާމިޔާބުކޮށްފައެވެ. 

Advertisement
Advertisement

އިޕްސްވިޗުން އެމީހުންގެ ފުރަތަމަ ގޯލް 82 ވަނަ މިނިޓްގައި ކާމިޔާބުކުރިއިރު, ފަހު ގޯލް މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކުރީ ޖޯޖް ހާސްޓްއެވެ. އޭރު މެޗުގެ 87 ވަނަ މިނިޓްގައި ފޮރެސްޓުން ވަނީ ހަތަރުވަނަ ގޯލްވެސް ކާމިޔާބުކޮށްފައެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ސީޓީއަށް ހާލަންޑް ކާމިޔާބުކޮށްދިން ޕެނަލްޓީއާއެކު ލީގުގައި 100 ގޯލް ކޮންޓްރިބިއުޝަން (ގޯލް އަދި އެސިސްޓް ހިމެނޭހެން) އޭނާ ކާމިޔާބުކޮށްފައިވަނީ 84 މެޗުންނެވެ. ކުރިން މެ ރެކޯޑް އޮންނަ އަލެން ޝިއަރާ މި ރެކޯޑް ޤާއިމްކުރީ 100 މެޗުންނެވެ.

2022 ގައި ބޮރޫޝިއާ ޑޯޓްމަންޑް އިން މެންޗެސްޓަރ ސިޓީއަށް ބަދަލުވި ހާލަންޑް އަދި ޝިއަރާ އަކީ ލީގުގެ ތިންވަނަ ސީޒަންގައި އެހިސާބަށް ދަތުރުކުރި ހަމައެކަނި ކުޅުންތެރިންނެވެ. ސާޖިއޯ އަގުއޭރޯ, ތިއެރީ އޮންރީ, ޖިމީ ފްލޮއިޑް, މެތިއު ލެ ޓިސިއާ އަދި ލެސް ފާޑިނަންޑަށް އެހިސާބަށް ދެވުނީ ހަތަރުވަނަ ސީޒަންގައެވެ.

ހޮނިހިރު ދުވަހުގެ މެޗުގެ ފުރަތަމަ ގޯލް ހާލަންޑް ސިޓީއަށް ކާމިޔާބުކޮށްދިން އިރު, ދެވަނަ ގޯލް 39 ވަނަ މިނިޓްގައި އިކާއި ގުންޑޯގަން ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކުރީ އޮމަރް މަރްމޯޝްއެވެ. 

ބްރައިޓަން އިން ނަތީޖާ އެއްވަރުކުރީ ސިޓީގެ އަބްދުކޯދިރް ހުސަނޯވް އަތުން ބައިކޮޅަށް ވައިން ގޯލާއެކުއެވެ. އޭގެކުރިން ބްރައިޓަންގެ ފުރަތަމަ ގޯލް އެޓީމަށް 21 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޕާވިސް އެސްޓޫޕިނާންއެވެ.

ހޮނިހިރު ދުވަހު އެވަރޓަން އާއި ވެސްޓްހެމް ޔުނައިޓަށް ބައްދަލުކުރި މެޗުވެސް ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. ވުލްވްސް އިން ސައުތަމްޕްޓާންގެ މައްޗަށް 2-1 ން ކުރިހޯދިއިރު ބްރެންޓްފޯޑް އަތުން ބާންމައުތު ބަލިވީވެސް 2-1 ންނެވެ

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow