މިއަހަރުގެ ބޮޑު އީދު ފުވައްމުލަކު ސިޓީގައި  ވެސް ވަރަށް ކުލަގަކޮށް ފާހަގަކޮށްފި
މިއަހަރުގެ ބޮޑު އީދު ފުވައްމުލަކު ސިޓީގައި  ވެސް ވަރަށް ކުލަގަކޮށް ފާހަގަކޮށްފި

މިއަހަރުގެ ބޮޑު އީދު ފުވައްމުލަކު ސިޓީގައި ވެސް ވަރަށް ކުލަގަކޮށް ފާހަގަކޮށްފި

3 months ago - 20:10
Jun 23, 2024 - 17:10
Advertisement

މިއަހަރުގެ ބޮޑު ޢީދުގެ ކުޅިވަރުތައް ފުވައްމުލަކު ސިޓީގައި ފައްޓަވައި ދެއްވީ، ޢީދުވިލޭރޭ ފުވައްމުލަކު ސިޓީ ޑެޕިއުޓީ މޭޔަރު މުޙައްމަދު ފިކުރީ އެރަށު ތޫނޑުގައި ޢީދު މަޅި ރޯކޮށްދެއްވުމުންނެވެ.

ރާއްޖޭގެ އެހެން ރަށްތަކުގައި ޢީދު މަޅި ޒަމާނުއްސުރެ ޖަހަމުން އައިނަމަވެސް، ފުވައްމުލަކު ސިޓީގައި ޢީދުމަޅި ޖެހިމިއީ ފުރަތަމަ ފަހަރެވެ. އެހެން ކަމުން ޢީދު މަޅިޖެހުމަކީ ފުވައްމުލަކު ރައްޔިތުންނަށް ވަރަށް އާކަމަކަށްވާތީ، ޢީދު މަޅި ބެލުމަށް އެސިޓީގެ ވަރަށް ގިނަ ރައްޔިތުން ތޫނޑަށް ދިޔަ އެވެ.

ހުރިހާ ޢުމުރެއްގެ މީހުންނަށް ވެސް ބައިވެރިވެވޭގޮތަށް ތަފާތު ކުޅިވަރުތަކާއި މުބާރާތްތައް ބޭއްވިއިރު، ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ޢީދުގެ އުފާ އެތައް ގުނައަކަށް ބޮޑުވެގެން ދިޔައީ، ފުވައްމުލަކު ސިޓީގެ ދެކުނު ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު އިބްރާހިމް ހުސެއިން (ޑްރީމް އިއްބެ) ގެ ޚަރަދުގައި ޢީދު ދުވަހުގެރޭ އެރުވި ހަވައިންނެވެ. "ކަނދޮވަލި އަތިރެ" އެރުވި މިހަވާ ބެލުމަށް ސިޓީގެ ވަރަށް ގިނަ ރައްޔިތުން ދިޔައެވެ. އަމާޒްމީޑިއާ އަށް އެނގިފައިވާ ގޮތުގައި މިއީ ޢީދެއްގައި ފުވައްމުލަކުގައި ހަވާއެރުވި ފުރަތަމަ ފަހަރެވެ.

މެންބަރު އިއްބެ އަކީ މެންބަރުކަމަށް ހޮވިވަޑައިގަތުމުގެ ކުރިން ވެސް އެސިޓީގެ ޢިޖުތިމާޢީ ކަންކަމުގައި ވަރަށް ބޮޑަށް އެހީތެރިވެ ދެއްވާ ބޭފުޅެކެވެ. އަމާޒްމީޑިއާ އަށް މަޢުލޫމާތު ދެއްވަމުން މެންބަރު އިއްބެ ވިދާޅުވީ، ކުރިމަގުގައި ވެސް ދީނީ އަދި ގައުމީ އެކި މުނާސަބާތައް އެސިޓީގައި ކުލަގަދަކޮށް ފާހަގަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

 

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement