ކުވައިތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

ކުވައިތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ފޮނުއްވައިފި

9 hours ago - 19:25
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުވައިތުގެ ޤައުމީ ދުވަހާއި މިނިވަން ދުވަހުގެ މުނާސަބަތުގައި، ކުވައިތުގެ އަމީރު ހިޒް ހައިނަސް ޝައިޚް މެޝާލް އަލްއަޙްމަދު އަލްޖާބިރު އަލްސަބާޙްއަށާއި، ބޮޑުވަޒީރު ހިޒް ހައިނަސް ޝައިޚް އަޙްމަދު ޢަބްދުﷲ އަލްއަޙްމަދު އަލްސަބާޙްއަށް، މަރުޙަބާ ވިދާޅުވެ، ތަހުނިޔާ ފޮނުއްވައިފިއެވެ.

ކުވައިތުގެ އަމީރާއި ބޮޑުވަޒީރަށް ވަކިވަކީން ފޮނުއްވި ސިޓީފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި ދެ ޤައުމުގެ މެދުގައި އޮންނަ ގާތް ގުޅުމަކީ، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި، ދެ ޤައުމުން ހިއްސާކުރާ ގިޔަމުތަކުގެ މަތީގައި ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއިން މި ގުޅުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދެ ޤައުމުގެ ރައްޔިތުންގެ ދެމެހެއްޓެނިވި ލާބައާއި ތަނަވަސްކަމަށް މަންފާކުރަނިވި ގޮތެއްގައި، ދެ ޤައުމުގެ މެދުގައި އުފެދިފައިވާ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން ކުރިއަށް އޮތް ތަނުގައިވެސް އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކުވައިތުގެ އަމީރާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށް އެދިވަޑައިގެން، ކުވައިތުގެ ކުރިއެރުމާއި ތަނަވަސްކަމަށް އެދިވަޑައިގެންފައެވެ.

Advertisement
Advertisement

މި ދެ މުނާސަބަތާ ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ކުވައިތު ފަންޑް ފޯ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް މެދުވެރިކޮށް ލިބެމުންދާ ދީލަތި އެހީތެރިކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ ފުރުސަތުތަކެއް އޮތްކަމަށް ޤަބޫލުފުޅުކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކުވައިތުގެ ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ފެބުރުވަރީ 25 ވަނަ ދުވަހެވެ. އަދި އެ ޤައުމުގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ފެބުރުވަރީ 26 ވަނަ ދުވަހެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement