ޑެންމާކަށް ކަނޑައެޅުއްވި އައު ސަފީރު ފަތްކޮޅު އަރުއްވައިފި

ޑެންމާކަށް ކަނޑައެޅުއްވި އައު ސަފީރު ފަތްކޮޅު އަރުއްވައިފި

2 months ago - 21:42
Advertisement
Advertisement

ދިވެހިރާއްޖެއިން ޑެންމާކަށް ކަނޑައެޅުއްވި އާ ނޮން-ރެސިޑެންޓް ސަފީރު، ގީލާ އަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޑެންމާކުގެ ރަސްގެފާނު ފްރެޑްރިކް އެކްސް އަށް އަރުއްވައިފިއެވެ.


މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ކޯޕަންހޭގަންގައި ހުންނަ ކްރިސްޓިއަންސްބޯގް ޕެލަސްގައެވެ. ފަތްކޮޅު އެރުއްވުމަށްފަހު ބޭއްވުނު ބައްދަލުކުރެއްވުމުގައި، ސަފީރު ގީލާ އަލީ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޑެންމާކުގެ ރަސްގެފާނަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދުކޮށްދެއްވާފައެވެ.


މި ބައްދަލުކުރެއްވުމުގައި ސަފީރު ގީލާ ވަނީ ދިވެހިރާއްޖެއާއި ޑެންމާކާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިކުރުމަށާއި، ދެފަރާތުން އިސްކަންދޭ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދޭކަން ފާހަގަކުރެއްވިއެވެ.              

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement