ރައީސް ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ތަރާވީހެއް މިރޭ އާޓިފިޝަލް ބީޗުގައި، ހުރިހާ މެންބަރުންނަށް ދަޢުވަތު

ރައީސް ބައިވެރިވެވަޑައިގަންނަވާ ޚާއްސަ ތަރާވީހެއް މިރޭ އާޓިފިޝަލް ބީޗުގައި، ހުރިހާ މެންބަރުންނަށް ދަޢުވަތު

19 hours ago - 09:16
Feb 26, 2026 - 09:18

ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ތަރާވީހެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ތަރާވީހަކީ ސަރުކާރު ހިންގާ މައި ޕާޓީގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ.

ކޮންގްރެސް ޕާޓީއިން ބުނީ، މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 21:30 ގައި ކަމަށާއި، މި ޚާއްސަ ތަރާވީހް އޮންނާނީ މާލޭގެ އާޓިފިޝަލް ބީޗް ސަރަޙައްދުގައި ކަމަށެވެ. 


މި ޚާއްސަ ހަރަކާތަށް ޕާޓީގެ ލޮބުވެތި މެންބަރުންނާއި، ޕާޓީއަށް ތާއީދުކުރައްވާ އެންމެހާ ބޭފުޅުންނަށް ވަނީ ދަޢުވަތު އަރުވާފައެވެ. މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޕާޓީގެ މެންބަރުންނާއި އާންމު ރައްޔިތުންނާ ގާތުން ބައްދަލުކޮށްލެއްވުމާއި، އެކުވެރި މާޙައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.


މި ތަރާވީހުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ އިސް ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ޕާޓީގެ ފަރާތުން އެދެނީ ވީހާވެސް ގިނަ މެންބަރުންނާއި ތާއީދުކުރައްވާ ބޭފުޅުން މި ތަރާވީހުގައި ބައިވެރިވެވަޑައިގަތުމަށެވެ.              

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow