ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބުރައީސް އަކަށް ޝިފްލާ
ޝިފްލާ ކޮމިޝަންގެ ބައްދަލުވުމެއްގައި

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބުރައީސް އަކަށް ޝިފްލާ

1 year ago - 15:06
Apr 10, 2025 - 15:06
Advertisement
Advertisement

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބުރައީސް އަކަށް ޝިފްލާ އިބްރާހީމް އިންތިޚާބުކޮށްފިއެވެ.

މަޝްހޫރު ޕްރެޒެންޓަރ އަދި ނޫސްވެރިޔާ ޝިފްލާ އިބްރާހީމް އެކޮމިޝަންގެ ނައިބުރައީސްކަމަށް އިންތިޚާބުކުރެއްވީ މިއަދު މެމްބަރުންގެ މެދުގައި ނެގި ވޯޓުންނެވެ. ޝިފްލާއަކީ ދައުލަތުގެ މީޑިޔާ ޓީވީއެމްއިން ޕްރެޒެންޓަރެއްގެ ގޮތުގައި ދާއިރާގައި މަސައްކަތް ފައްޓަވާ, ފަހުން ނޫސްވެރިކަމުގެ ތެރެއިން ފާހަގަވި ބޭފުޅެކެވެ. އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރާ ހާސިލް ކުރައްވާފައެވެ. ދައުލަތުގެ މީޑިޔާއަށްފަހު ނޫސްވެރިކަމުގައި އެންމެ ފަހުން މަސައްކަތްކުރެއްވީ ސަންގު ޓީވީގައި ޕްރެޒެންޓަރެއްގެ ގޮތުގައެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނައިބުރައީސްކަމުގެ މަގާމް ހުސްވީ އެމަގާމްގައި ކުރިން ހުންނެވި މުޙައްމަދު ފަޒީން މެމްބަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ. ފަޒީން އިސްތިއުފާދެއްވީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކުރެވި, އެމައްސަލަ ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބެލުމަށްފަހު ފަޒީން މަގާމުން ވަކިކުރަން ތަޅުމަށް ހުށަހަޅުއްވާފައި ވަނިކޮށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement