ސަރުކާރުން އައިނު ވިޔަފާރި ފަށަނީ
އައިނުގެ ވިޔަފާރި ފަށަން ސަރުކާރުން ވަނީ ނިންމަވާފަ

ސަރުކާރުން އައިނު ވިޔަފާރި ފަށަނީ

މިކަން ކުރަނީ އަމިއްލަ ވިޔަފާރިތަކަށް ނާޖާއިޒު ފައިދާ ނެގުމުގެ ފުރުޞަތު ނުދޭން

2 days ago - 16:09
May 31, 2025 - 16:10
Advertisement
Advertisement

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފަށަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވައިފިއެވެ. މިއަދު ދައުލަތުގެ މީޑިޔާއަށް ދެއްވި އިންޓަރވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ރައްޔިތުންގެ ފަރާތުން އެކަމަށް އެދިވަޑައިގަންނަވާފައިވާތީ ނިންމެވި ނިންމެވުމެއް ކަމަށެވެ. އަދި އެނިންމެވުން ނިންމެވީ ބައްލަވަން ޖެހޭ ކަންކަން ބެއްލެވުމަށްފަހު ކަމަށް ވިދާޅުވިއެވެ. ރަނގަޅު ފެންވަރުގެ އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

ސަރުކާރުން އައިނުގެ ވިޔަފާރި ފަށަން މިނިންމެވީ އާސަންދައިން ކޮންމެ ދެ އަހަރުން އެއް އަހަރު އައިނު ހައްދަން ދެމުން އައި 1000 ރުފިޔާވެސް މާދަމާއިން ފެށިގެން 2000 ރުފިޔާއަށް ބޮޑުކުރެއްވުމަށްފަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުބީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލު (އައި.ޖީ.އެމް.އެޗް) އަދި ސަރުކާރު ހޮސްޕިޓަލްތަކުން އައިނު ވިޔަފާރި ފެށުމަށް ނިންމެވީ އައިނަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކުރުމުން، އެއަގުގައި ދަށް ފެންވަރުގެ އައިނު ރައްޔިތުންނަށް ފޯރުކޮށްދީ، އެކަމުން އަމިއްލަ ވިޔަފާރިތަކުން ނާޖާއިޒް ފައިދާ ނެގުމަށް ފުރުސަތު ނުދިނުމަށް ކަމަށެވެ.

"އަޅުގަނޑަށް މުހިންމީ ވިޔަފާރިވެރިން ރައްޔިތުންނަށް ދެރަ ނިކަމެތިކަންދިނުމުގެ އާދަ މިޤައުމުން ފިލުވާލަން. އެހެންވެގެން ސިނގިރޭޓް ބިޒްނަސްވެސް ރާއްޖެއިން ހުއްޓާލާފައި އެހެންކަމަކަށް ވަޑައިގަންނަވާށޭ ދެންނެވީ. އަޅުގަނޑަށް މުހިންމީ ރައްޔިތުންގެ ޞިއްޙަތު." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައިނު ހެއްދުމަށް ކޮންމެ ދެ އަހަރުން އެއް އަހަރު 1000 ރުފިޔާ ދެމުންދާތީ ރައްޔިތުންގެ ޝަކުވާ އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement