މީޑިޔާ ކައުންސިލަށް އިންތިޚާބުވި ތިން މެމްބަރުންނަށް މަސްއޫލިއްޔަތު ހަވާލުކޮށްފި
މީޑިޔާ ކައުންސިލަށް އިންތިޚާބުވި ތިން މެމްބަރުން: ފޮޓޯ-ހަތާވީސް

މީޑިޔާ ކައުންސިލަށް އިންތިޚާބުވި ތިން މެމްބަރުންނަށް މަސްއޫލިއްޔަތު ހަވާލުކޮށްފި

9 months ago - 12:07
Jun 29, 2025 - 12:08
Advertisement
Advertisement

މޯލްޑިވްސް މީޑިޔާ ކައުންސިލްގެ ބައި އިލެކްޝަންތައް ކާމިޔާބުކޮށް އިންތިޚާބުވި ތިން މެމްބަރުންނަށް މަސްއޫލިއްޔަތު ހަވާލުކޮށްފިއެވެ. އެތިން މެމްބަރުންނަކީ މުޒައްޔިން ނާޒިމާއި, ލީވާން އަލީ ނަސީރު އާއި ހައްވާ ވަޖުދާ އެވެ.

މިމަހުގެ 21 ވަނަ ދުވަހު އޮތް އިންތިޚާބު އެތިން ކެންޑިޑޭޓުން ކާމިޔާބުކުރި ނަމަވެސް މިހާތަނަށް މިނިސްޓްރީން އޮތީ މަސްއޫލިއްޔަތު ހަވާލުނުކޮށެވެ. އެއީ އިންތިޚާބުގައި ވާދަކުރި އަމިއްލަ ކެންޑިޑޭޓަކު ހުށަހެޅި މައްސަލައެއް ބަލަމުންދާތީ ކަމަށް ބުނެއެވެ. އެމެމްބަރުން އިންތިޚާބުވީ ފަހުން މިދިޔަ ހަފްތާގައި ބޭއްވި ކައުންސިލް ބައްދަލުވުމުގައިވެސް ބައިވެރިވުމުގެ ފުރުޞަތެއް ނުލިބެއެވެ.

އިންތިޚާބު ކާމިޔާބުކުރި މުޒައްޔިން ވާދަކުރީ ދައުރުންނެވެ. ލީވާން އިންތިޚާބުވީ އަދަދުންނެވެ. ވަޖުދާ އިންތިޚާބުވީ އަމިއްލަ މެމްބަރުންގެ ބައިންނެވެ. ތިން މެމްބަރުން މިއަދު އިންތިޚާބުކުރުމުން މޯލްޑިވްސް މީޑިޔާ ކައުންސިލްގެ 15 މެމްބަރުން ހަމަވީއެވެ. މީޑިޔާ ކައުންސިލްގެ ދައުރަކީ ދެ އަހަރެވެ. އަހަރު ގުނަނީ މެމްބަރު އިންތިޚާބުވި ތާރީޚުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement