ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ އިހުމާލުގެ މައްސަލައަށް ބަހުސްކުރަން ފާހެއް ނުވި
މައްސަލަ ހުށަހެޅުއްވި މެމްބަރު މުޙައްމަދު އިބްރާހީމް: ފޮޓޯ-ރައީސް އޮފީސް

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ އިހުމާލުގެ މައްސަލައަށް ބަހުސްކުރަން ފާހެއް ނުވި

12 months ago - 09:30
Apr 15, 2025 - 09:43
Advertisement
Advertisement

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ އިހުމާލުގެ މައްސަލަތަކެއް ފާހަގަކުރައްވާ ގަލޮޅު އުތުރުދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރަން ނުފެންނަ މަޖިލިހުން ފާސްކޮށްފިއެވެ.

މެމްބަރު މުޙައްމަދު އިބްރާހީމް މިއަދު މަޖިލިހަށް ހުށަހެޅުއްވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ އެހީތެރިކަމާއި, އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާއޮތް ދައުލަތުގެ މުއައްސާތަކުން ވަމުންދާ އިހުމާލު ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށެހެޅުއްވި މައްސަލައެކެވެ. މެމްބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި މައިގަނޑު މައްސަލައަކީ  ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، ހާއްސަ ރައްކާތެރިކަމާއި މާލީ އެހީ އާއި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށް ބުނާ މައްސަލައެވެ.

މެމްބަރު މުޙައްމަދު އިބްރާހީމް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓްދެއްވީ އެންމެ 12 މެމްބަރުންނެވެ. ބިލް ބަލައިގަތުމާ ދެކޮޅަށް 43 މެމްބަރުން ވޯޓް ދެއްވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement