ޒަކާތު ފަންޑްގެ ސްކޮލަރޝިޕްތަކަށް ހުޅުވާލައިފި
ސްކޮލަރޝިޕްތަކަށް މިއަދު ހުޅުވާލަނީ: ފޮޓޯ-އިސްލާމިކް މިނިސްޓްރީ

ޒަކާތު ފަންޑްގެ ސްކޮލަރޝިޕްތަކަށް ހުޅުވާލައިފި

2 days ago - 15:26
Apr 14, 2025 - 15:27
Advertisement
Advertisement

ޒަކާތު ފަންޑުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމް ހާސިލްކުރުމަށް ދޭ ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން މަތީ ތަޢުލީމަށް އެހީދިނުމުގެ އުސޫލުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް މިއަދު ހުޅުވާލީ 50 ފުރުސަތެވެ. އެގޮތުން ފުރުޞަތު ހުޅުވާލީ އިސްލާމީ ދާއިރާތަކުން މީހުން ބިނާކުރުމަށެވެ. 50 ފުރުސަތުގެ ތެރޭގައި ރާއްޖޭގައި ކިޔަވަން ހުޅުވާލި 20 ފުރުސަތު ހިމެނެއެވެ. ރާއްޖެއިން ބޭރުން ކިޔަވަން ހުޅުވާލީ 30 ފުރުސަތެވެ. ރާއްޖެއިން ބޭރަށް ހުޅުވާލާފައިވާ 30 ފުރުސަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތެވެ.

ރާއްޖެއިން ފުރުސަތު ހުޅުވާލީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ މާސްޓަރސް ކޯސްތަކަކަށެވެ.

 

Advertisement
Advertisement

ރާއްޖޭގައި ކިޔަވަން ސްކޮލަރޝިޕް ދެވޭ ދާއިރާތައް:

މާސްޓަރ އޮފް އަރޓްސް އިން ޤުރުއާނިކް ސައިންސެސް – 6 ފުރުސަތު

މާސްޓަރ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން – 3 ފުރުސަތު

އެގްޒެކެޓިޒް މާސްޓަރސް އިން އިސްލާމިކް ފައިނޭންސް – 5 ފުރުސަތު (eMIF by INCEIF)

މާސްޓަރ އޮފް އަރޓްސް އިން ޝަރީއާ – 3 ފުރުސަތު

މާސްޓަރ އޮފް އަރޓްސް އިން އިސްލާމިކް ސްޓަޑީސް – 3 ފުރުސަތު

 

ރާއްޖެއިން ބޭރުން ކިޔެވުމަށް 30 ފުރުސަތު ހުޅުވާލެވިފައިވަނީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުންނެވެ. މެލޭޝިއާ އަދި ބުރުނާއީން 17 ފުރުސަތު ހުޅުވާލާފައިވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިޔާ، ޔުނިވަރސިޓީ ސައިންސް އިސްލާމް މެލޭޝިއާ، އިންޓަރނޭޝަނަލް ސެންޓަރ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސް އިންނެވެ. އަދި ޔުނިވާރސިޓީ ބުރުނާއީ ދާރުއްސަލާމުންނެވެ. މެލޭޝިއާ އަދި ބުރުނާއީން ޑިގްރީގެ 2 ފުރުސަތު، މާސްޓަރސްގެ 6 ފުރުސަތު އަދި ޕީ.އެޗް.ޑީ 9 ފުރުސަތު  ވަނީ ހުޅުވާލާފައެެވެ.

 

މެލޭޝިއާ އަދި ބުރުނާއީގައި ކިޔަވަން ސްކޮލަރޝިޕް ދެވޭ ދާއިރާތައް:

ބެޗެލަރސް އިން ހަލާލް އިންޑަސްޓްރީ މެނޭޖްމެންޓް - 2 ފުރުސަތު

މާސްޓަރ އޮފް އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް/މާސްޓަރސް އޮފް ސައިންސް އިން އިސްލާމިކް ފައިނޭންސް – 2 ފުރުސަތު

މާސްޓަރ އޮފް އެޑިއުކޭޝަން އިން ޓީޗިންގ އޮފް އިސްލާމިކް އެޑިއުކޭޝަން - 1 ފުރުސަތު

މާސްޓަރ އޮފް ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް - 1 ފުރުސަތު

މާސްޓަރ އޮފް އިސްލާމިކް ސައިންސް - 1 ފުރުސަތު

ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޝަރީޢާ އެންޑް ޖުޑިޝަރީ – 1 ފުރުސަތު

ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ސައިންސް – 1 ފުރުސަތު

ޑޮކްޓަރ އޮފް ފިލޯސޮފީ ދަޢުވާ އެންޑް އިސްލާމިކް މެނޭޖްމަންޓް – 1 ފުރުސަތު

ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޤުރުއާނިކް އެންޑް ސުންނަ ސްޓަޑީސް – 1 ފުރުސަތު

ޑޮކްޓަރ އޮފް ފިލޯސޮފީ އިސްލާމިކް ބޭންކިންގް އެންޑް ފައިނޭންސް – 2 ފުރުސަތު

ޑޮކްޓަރ އޮފް ފިލޯސޮފީ އިން ޝަރީއާ އެންޑް ލޯ – 2 ފުރުސަތު

މާސްޓަރސް: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - 1 ފުރުސަތު

ޕީއެޗްޑީ: އިސްލާމިކް ސިވިލައިޒޭޝަން އެންޑް ކޮންޓެމްޕަރަރީ އިޝޫސް - 1 ފުރުސަތު

މީގެ އިތުރުންވެސް 13 ޚާއްސަ ސްކޮލަރޝިޕްގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ ސާކްގެ ޤައުމުތަކުން، މިޞްރުގެ ޔުނިވާސިޓީ ތެރެއިން އަލް-އަޒްހަރު ޔުނިވާރސިޓީ އަދި ސަޢުދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީ، ޤަސީމް ޔުނިވަރސިޓީ، އުއްމުލްޤުރާ ޔުނިވަރސިޓީ، އަބްހާ ޔުނިވަރސިޓީ، ކިންގް އަބްދުލްޢަޒީޒް ޔުނިވަރސިޓީން ހުޅުވާލި ފުރުޞަތުތަކެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ވަރަށް ކުރީކޮޅު ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފައްދަވާ، ޒަކާތުގެ ނިޒާމު ހަރުދަނާ ކުރެއްވުމަށް ފެށި މަސައްކަތުގެ ނަތީޖާ މިއަދު ފެންނަމުންދާކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement