ލާއިންސާނީ އަމަލުތައް ހުއްޓާލަންދެން 'އިޒްރޭލް ޕާސްޕޯރޓް' ގައި ރާއްޖެ އެތެރެވުން މަނާކުރަން ކޮމިޓީން ފާސްކޮށްފި
މިއަދު އޮތް 241 ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ-ރައްޔިތުންގެ މަޖިލިސް

ލާއިންސާނީ އަމަލުތައް ހުއްޓާލަންދެން 'އިޒްރޭލް ޕާސްޕޯރޓް' ގައި ރާއްޖެ އެތެރެވުން މަނާކުރަން ކޮމިޓީން ފާސްކޮށްފި

2 days ago - 14:43
Apr 14, 2025 - 14:43
Advertisement
Advertisement

ލާއިންސާނީ އަމަލުތައް ހުއްޓާލަންދެން 'އިޒްރޭލް ޕާސްޕޯރޓް' ގައި ރާއްޖެ އެތެރެވުން މަނާކުރަން ކޮމިޓީން ފާސްކޮށްފިއެވެ. 241 ކޮމިޓީން މިއަދު ފާސްކުރީ ހަމައެކަނި އިޒްރޭލް ޕާސްޕޯރޓްގައި ރާއްޖެ އެތެރެވުން މަނާކުރުމަށެވެ.

ކޮމިޓީން ފާސްކުރި ގޮތުން އިޒްރޭލް ރައްޔިތަކަށްވެސް އެހެން ގައުމެއްގެ ރަށްވެހިކަން އޮތްނަމަ, އެގައުމެއްގެ ޕާސްޕޯރޓްގައި ރާއްޖެ އެތެރެވެވޭނެއެވެ. އިޒްރޭލް ޕާސްޕޯރޓް މައްސަލަ ދިގުލައިގެންދާތީ ފާޑުކިއުން އަމާޒުވަމުންދާތާ އެތައް މަހެއް ފަހުން ކޮމިޓީން މިއަދު ނިންމީ ހުށަހަޅާފައިވާ ބިލަށް ގިން އިސްލާހުތަކެއް ގެނެސްގެންނެވެ. ހުށަހަޅާފައިވާ އިސްލާހުތަކުގައި އޮތީ އެހެން ގައުމެއްގެ ޕާސްޕޯރޓްގައިވެސް އިޒްރޭލްގެ ރައްޔިތަކަށް ރާއްޖެ އެތެރެނުވެވޭ ގޮތަށެވެ.

ކޮމިޓީން އިޒްރޭލް ޕާސްޕޯރޓްގެ މައްސަލާގައި ގޮތެއް ނިންމާފައި މިވަނީ އިޒްރޭލުން ފަލަސްޠީނަށް ދެމުންދާ ހަމަލާތައް އިތުރުކޮށް, ކުށެއް ނެތް ޢާއްމުންނާއި ކުޑަކުދީން ޝަހީދުކުރުން އިތުވެފައި ވަނިކޮށެވެ. އިޒްރޭލް ޕާސްޕޯރޓް މަނާކުރާނެކަން މީގެކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ޢާއްމުކޮށް އިއުލާނުކުރައްވާފައެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement