ޝަރުތުކުރުމަށްފަހު ކޯޓުން ހުސެއިން ހަސަން ދޫކޮށްލައިފި
ހުސެއިން ދޫކޮށްލީ ކޯޓުން

ޝަރުތުކުރުމަށްފަހު ކޯޓުން ހުސެއިން ހަސަން ދޫކޮށްލައިފި

8 months ago - 13:15
Sep 11, 2025 - 13:15
Advertisement
Advertisement

ޝަރުތުކުރުމަށްފަހު ކޯޓުން ހުސެއިން ހަސަން ދޫކޮށްލައިފި އެވެ. ކުރީގެ ނޫސްވެރިޔާ ހުސެއިން ހަސަން ހައްޔަރުކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމަށް ތުހުމަތުކޮށް ރޭގެ ވަގުތެއްގައެވެ.

މިއަދު ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. ހުސެއިން ދޫކޮށްލީ ތަހުގީގަށް އެއްބާރުލުންދޭން ޝަރުތުކޮށްފައެވެ. 

އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރު ހުސެއިން ހަސަން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށްދިޔަ ސީންއއެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން ފުލުހުންގެ މަސައްކަތަށް ދަތިނުވާނެ ގޮތަށް އަމަލުކުރަން ނަސޭހަތްތެރިވުމުންވެސް އިޖާބަ ނުދީ ޖަދަލުކުރުމުން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ ހުސެއިން ފުލުހުންގެ އެންގުމާ ހިލާފަށް ސީން ތެރެއަށް ވަދެ, އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ފުލުހުން ހުސެއިން ހައްޔަރުކުރީ އަމުރަށް ނުކިޔަމަންތެރިވެ, ވާޖިބަށް ހުރަސްއަޅާފައިވާކަމުގެ ތުހުމަތުކޮށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement