ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ފުރުޞަތު ނުދޭން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
ލޭނު އަޅަން ހުއްދަ ދިނުމާ ދެކޮޅަށް މަސްވެރިން ކުރި މުޒާހަރާއެއްގެ ތެރެއިން

ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ފުރުޞަތު ނުދޭން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ލޭނު އަޅައިގެން މަސްވެރިކަން ކުރަން ހުއްދަ ދޭން ނިންމީ ޖޫން 13 ގައި

18 days ago - 14:25
Aug 29, 2024 - 14:29
Advertisement

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ކަންބޮޑުވުންތަކުގެ އަޑު އައްސަވާ ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ފުރުޞަތު ނުދޭން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވިދާޅުވީ ރާއްޖޭގައި ލޭނު އަޅައިގެން މަސްވެރިކަން ކުރުމަށް ހުޅުވާލަން މިއަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ނިންމެވި ނިންމެވުމަށް އަމަލު ނުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ނިންމަވައިފި ކަމަށެވެ. އެގޮތަށް ނިންމެވީ  'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން'ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހެޅުއްވި ކަންތައްތަކަށް ރިޢާރަތްކުރައްވުމަށްފަހު ކަމަށް ވިދާޅުވިއެވެ. ލޭނު އަޅައިގެން މަސްވެރިކަން ކުރުމުގެ ފުރުޞަތު ހުޅުވާލަން ނިންމެވީވެސް އަދި އެނިންމެވުން ބަދަލުކުރެއްވީ ވެސް ވަޒީރުން މަޖިލީހުގެ މަޝްވަރާގެ މަތީންނެވެ. ވަޒީރުންގެ މަޖިލިހުގެ އޭރުގެ ނިންމެވުމަކީ ހާއްސަ އުސޫލެއްގެ ދަށުން ލޯބޮޑު އަދި ރީނދޫއުރަހައިގެ ކަންނެލީގެ މަސްވެރިކަމަށް ލޭނު އަޅަން ހުއްދަ ދިނުމެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މި ނިންމެވި ނިންމެވުމާއި ގުޅިގެން، އިތުރު މަޝްވަރާތައް ކުރެއްވުމަށް، 'ބޮޑު ކަންނެލި މަސްވެރީންގެ ޔޫނިއަން' އާއި، އަދި ކަމާއި ގުޅުންހުރި މުހިންމު ހުރިހާ ފަރާތްތަކާވެސް، ވަގުތުވެވަޑައިގަތް އެންމެ އަވަހަކަށް ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. ރައީސް އޮފީހުން ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނީ، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަޑުއަހައިގެން، ރައްޔިތުންގެ އެކި ކަންބޮޑުވުންތަކަށް ރަނގަޅު ޙައްލު ހޯދައިދެވޭނެގޮތަށް ކަމަށެވެ. ނިންމުންތައް ނިންމަވާނީ ސަރުކާރުގެ ސިޔާސަތުތައް އެކަށައަޅައި، ހެޔޮ ބަދަލުތައް ޤައުމަށް ގެނެސްދިނުމަށް ކަމަށް ވިދާޅުވިއެވެ. ނިންމުން ރައީސް ބަދަލު މިކުރެއްވީ އެކަމަށް ތިމާވެއްޓާ ގުޅުންހުރި ޖަމްއިއްޔާތަކުންވެސް ގޮވާލައްވާފައި ވަނިކޮށެވެ.

މީގެއިތުރުންވެސް ރައްޔިތުންގެ ކަންބިޑުވުންތަކާ ގުޅިގެން ސަރުކާރުން ވަނީ މިހާތަނަށް ނިންމެވި ބައެއް ނިންމެވުންތައް ބަދަލު ގެންނަވާފައެވެ. އެގޮތުން މިހަފްތާގައި ބޭންކް އޮފް މޯލްޑިވްސްއިން ނިންމެވި ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމެވި ނިންމެވުންވެސް ހިމެނެއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement