ފްލެޓް ލިސްޓް ނެރެން ސަރުކާރަށް އަދިވެސް ވަގުތު ބޭނުން ކަމަށް ބުނެފި
މިނިސްޓަރ ވަނީ ފްލެޓް ލިސްޓް ނެރެން ތަފާތު ތާރީޚުތައް ދެއްވާފަ

ފްލެޓް ލިސްޓް ނެރެން ސަރުކާރަށް އަދިވެސް ވަގުތު ބޭނުން ކަމަށް ބުނެފި

ލިސްޓް ދެން ނެރޭނެ ދުވަހެއް ނުބުނޭ

17 days ago - 14:49
Nov 16, 2024 - 14:49
Advertisement
Advertisement

މިދިޔަ ސަރުކާރުން އިމާރާތް ކުރަން ފަށާ, އެކި މަރުހަލާގައި ހުރި 4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ނެރެން އަދިވެސް އިތުރު ވަގުތު ބޭނުންވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހައުސިންގ އެޑްވައިޒަރީ ކޮމިޓީ އާއި ހައުސިންގ ކޮންސަލްޓޭޓިވް ކޮމިޓިގެ ލަފާގެ މަތީން, އެސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން  ފޯމްތައް މުރާޖާ ކުރުމުގެ އެންމެހައި މަސައްކަތްތައް މިނިސްޓްރީން ކުރިއަށް ގެންދާ ކަމަށެވެ.

މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ޢާއްމުކުރެވިފައިޗާ 'ގެދޮރުވެރިޔާ' ސްކީމްގެ އުޞޫލުގެ ދަށުން ހުށަހަޅާފައިވާ 20,697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރުކުރަންޖެހޭ ގިނަ ކަންކަން ހުރުމުން މަސައްކަތް ނިންމުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެހެންކަމުން ސްކީމްގެ ވަގުތީ ލިސްޓް ރީ-އިވެލުއޭޝަން އާއި ގުޅިގެން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތަފްސީލްތައް މަސައްކަތް ނިމުނުހާ އަވަހަކަށް ޢާއްމުކުރާނެ ކަމަށް ބަޔާނުގައި ވެއެވެ.

" މި މަސައްކަތްތަކަށް އިތުރު މުއްދަތު ދިޔަކަމުގައި ވިޔަސް, ސަރުކާރުގެ މަޤްޞަދަކީ ނި ސްކީމުން ފްލެޓް ހޯދުމަށް ހުށަހަޅާފައިވާ އެއްވެސް ފަރާތެއްގެ ހައްގެއް ގެއްލިގެން  ނުދާނެކަން ކަށަވަރުކުރުމާއެކު, މިސްކީމްގެ ދަށުން ތަރައްޤީކުރާ ފްލެޓްތައް ދޫކުރެވޭނީ ހައްޤުވެރިންނަށްކަން ޔަގީންކުރުމެވެ" ބަޔާނުގައި ވެއެވެ.

Advertisement
Advertisement

މިފަދަ ބަޔާނެއް ނެރެފައި މިވަނީ މިއަދުގެ ނިޔަލަށް ލިސްޓް ޢާއްމުކުރާނެ ކަމަށް ބުނެފައެވެ. އަދި ކުރިންވެސް އެކި ތާރީޚުތައް ދިނުމަށްފަހުއެވެ. 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ގެޒެޓްކޮށް, އެއްބަސްވުމުގައިވެސް މިދިޔަ ސަރުކާރުން ސޮއިކުރިއެވެ. ނަމަވެސް އެކަން ކޮށްފައިވަނީ ގޯސްކޮށްކަމަށް ބުނެ, މިސަރުކާރުން އަލުން ކޮމިޓީއެއް އެކުލަވާލާ ބަލަން ފެށީއެވެ. އަލުން ބަލަން ފެށީ އޭސީސީންވެސް އެކަމުގައި ގޯސް އޮތްކަމަށް ބުނުމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement