ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ރައްކާތެރިކަން ދޭނަމަ ފިޔަވަޅު އަޅާނަން- ކޮންޓްރޯލަރ
އިމިގްރޭޝަން ކޮންޓްރޯލަރ ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ

ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ރައްކާތެރިކަން ދޭނަމަ ފިޔަވަޅު އަޅާނަން- ކޮންޓްރޯލަރ

ޖޫރިމަނާ ކުރުމުގެ ބާރު ލިބޭ

19 days ago - 12:52
Advertisement

ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ރައްކާތެރިކަން ދޭ ފަރާތްތަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވިދާޅުވެއްޖެއެވެ.

އިމިގްރޭޝަންގެ 200 އަށްވުރެ ގިނަ އޮފިސަރުން މާލެ ސަރަހައްދުގެ މަގުތަކަށް ނިކުމެ ހިންގި އޮޕަރޭޝަނަށްފަހު ކޮންޓްރޯލަރ ވިދާޅުވީ ބައެއް ދިވެހިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް ރައްކާތެރިކަން ދޭކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފިލަން މަސައްކަތް ކުރިކަމަށް ވިދާޅުވިއެވެ. ކޮންޓްރޯލަރ ވިދާޅުވީ އެދެކަމަކީ ވެސް ޤާނޫނާ ހިލާފް ކަމެއް ކަމަށެވެ. އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

" އެފަދަ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބާރު އިމިގްރޭޝަނުން ޤާނޫނުން ލިބޭ. އެއީ ޖޫރިމަނާތައް ފަދަ އަދަބުތައް. ކުރިއަށް އޮތް އިންސްޕެކްޝަންތަކުގައި މިފަދަ ކަންކަން ފާހަގަވާ މިންވަރަކުން އެފަރާތްތަކާމެދު ފިޔަވަޅު އަޅާނަން." އިމިގްރޭޝަން ކޮންޓްރޯލަރ ވިދާޅުވިއެވެ.

އިމިގްރޭޝަން އޮފިސަރުން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އޮޕަރޭޝަންތަކާ ގުޅިގެން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރަށްރަށަށް ދަނީ ދަތުރުކުރަމުންނެވެ. އިމިގްރޭޝަން ކޮންޓްރޯލަރ ވިދާޅުވީ އެމައުލޫމާތުވެސް ލިބޭ ކަމަށެވެ. އެގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން އެފަދަ މައުލޫމާތެއް ހިއްސާ ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. ކޮންޓްރޯލަރ ޝަމްއާން ވިދާޅުވީ ކޮންމެ ކައުންސިލަކަށްވެސް ޒިންމާއެއް އެބައޮތް ކަމަށާއި, އެރަށަކަށް އެރޭނީ ކައުންސިލްގެ ހުއްދަ ހޯދައިގެން ކަމަށެވެ. އެހެންކަމުން ކައުންސިލްގެ ޒިންމާ އަދާކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އެއާއެކު ރެއިޑް އޮޕަރޭޝަންތަކާ, ޚާއްޞަ ހަރަކާތްތައް އަތޮޅުތަކަށް ވަރަށް އަވަހަށް ފުޅާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

ބުދަ ދުވަހު ހަވީރު  އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ކޮންޓްރޯލަރ ހިމެނޭ ގޮތަށް 211 އޮފޮސަރުން މަގުތަކަށް ނިކުމެ ރެންޑަމްކޮށް ބިދޭސީން ވިޔަފާރި ކުރާ ތަންތަނަށް ވަދެ, އެމީހުންގެ ޑޮކިއުމަންޓްތައް ބެލިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement