މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން 7 މީހުން ކޯޓުން ދޫކޮށްލައިފި
ކޯޓުން މުއްދަތު ޖެހި ތިން މީހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން 7 މީހުން ކޯޓުން ދޫކޮށްލައިފި

5 hours ago - 11:29
Aug 3, 2025 - 11:29
Advertisement
Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި 10 މީހުންގެ ތެރެއިން 7 މީހުން ކޯޓުން ދޫކޮށްލައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި 10 މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ގެންދިއުމުން އޭގެތެރެއިން 3 މީހުން 7 ދުވަހަށް ބަންދުކުރަން އަމުރު ކުރުމަށްފަހު, އަނެއް 7 މީހުން ވަނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައެވެ. ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކުރީ ހދ. ނޭކުރެންދޫ / ފްލާވަރހައުސް، ޢާއިޝަތު ފައިޚާ ޠާހާ (19އ) އާއި ނ. މަގޫދޫ / ސާމިޔާނާ، އަކްރަމް މުޙައްމަދު (28އ) ފަސްދުވަހަށް އަދި ސ. ހުޅުދޫ / ރޯޝަނީމާގެ، އަޙްމަދު ތައިސީރު (27އ) އެވެ.

ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު ތިންފުޅީ ބަނގުރާ އަދި މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ. ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނީ 66.92 ގުރާމެވެ.

ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement