ރަސްދޫގައި ފިހުނު ދެމަފިރިންގެ ފުރާނައާމެދު އުއްމީދު ކަނޑާލައިފި
ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގައި

ރަސްދޫގައި ފިހުނު ދެމަފިރިންގެ ފުރާނައާމެދު އުއްމީދު ކަނޑާލައިފި

1 year ago - 16:42
Mar 25, 2025 - 16:42
Advertisement
Advertisement

ރަސްދޫގައި ފިހުނު ދެމަފިރިންގެ ފުރާނަ ސަލާމަތްކުރެވޭނެ ކަމުގެ އުއްމީދު ކަނޑާލައިފި އެވެ. އާއިލާ މެމްބަރަކު ބުނީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދެމަފިރިންނަށް އައިޖީއެމްޗްގެ އައިސީޔޫގައި ފަރުވާދެމުން ދާކަމަށެވެ. ނަމަވެސް ޑޮކްޓަރުންގެ ވާހަކަތައް ހުރީ އުއްމީދެއް ނެތް ގޮތަށް ކަމަށެވެ.

ދެމީހުންވެސް ވަރަށްބޮޑަށް ވަނީ ފިހިފައެވެ. ފިރިހެން މީހާއަށްވުރެ ބޮޑަށް ފިހިފައިވަނީ އަންހެން މީހާއެވެ. އަންހެން މީހާ އޮތީ އައިސީޔޫގައެވެ. ފިރިހެން މީހާ ސަލާމަތް ކުރެވިދާނެ ކަމުގެ ކުޑަކުޑަ އުއްމީދެއް އޮތް ކަމަށްވެސް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވާހަކަދެއްކި ފަރާތުން ބުންޏެވެ.

ދެމީހުންގެ ލޭ ބަދަލުކުރަން ޑަޔަލަސިސް ހަދަމުންދާ ކަމަށާއި, އިތުރަށް އެއްޗެއް ބުނަން އިނގޭނީ އެމަރުހަލާ ނިމުމުން ކަމަށްވެސް ބުންޏެވެ. އެކަމަށް ހަގަޑިއިރު ހޭދަވެއެވެ.

އަލިފާން ރޯވާން މެދުވެރިސި ސަބަބެއް އަދި ނޭންގެއެވެ. ފުލުހުންވެސް ބުނީ ރަސްދޫ ގެއެއްގައި އަލިފާން ރޯވެ ދެމީހަކު ފިހުނު މައްސަލަ ރޭ 23:15 ހާއިރު ރިޕޯރޓްކޮށްފައިވާ ކަމަށެވެ. ހާދިސާގައި 'ޒަޚަމްވި' ދެމީހަކު ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއިދާރާއިން ބުނީ މައްސަލަ ތަހުގީގު ކުރަމުން ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement