ސިޔާސީ ޚިޔާލުފާޅުކުރުމުގައި އިންސާނީ ކަރާމަތަށް އިޙުތިރާމް ކުރަންޖެހޭނެ: ޑރ.ޝަހީމް
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ސިޔާސީ ޚިޔާލުފާޅުކުރުމުގައި އިންސާނީ ކަރާމަތަށް އިޙުތިރާމް ކުރަންޖެހޭނެ: ޑރ.ޝަހީމް

13 hours ago - 16:38
Mar 25, 2025 - 16:43
Advertisement
Advertisement

ސިޔާސީ ޚިޔާލުފާޅުކުރުމުގައި އިންސާނީ ކަރާމަތަށް އިޙުތިރާމް ކުރަންޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަހީމް މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި އޯޓިސްޓިކް ކުދިންނަށް ފުރައްސާރަކޮށް، އެ ކުދިންގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ ގޮތަކަށް ވާހަކަ ދެއްކުމާ ގުޅިގެންނެވެ.

ރާއްޖެޓީވީގައި ވާހަކަދެކެވުނު މަންޒަރެއް ހިމަނައި، އެކްސް މެދުވެރިކޮށް ޝަހީމް ވިދާޅުވީ އޯޓިސްޓިކް ކުދިންނާއި ޑައުންސިންޑްރޮމް ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ކަރާމާތަށް އުނިކަން އަންނަ ގޮތަށް ވާހަކަ ދެއްކުމަކީ ދެރަވަރު ކަމެއް ކަމަށެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް) ވަނީ ސިޔާސީ ކަންކަމާއި ޑައުންސިންޑްރޯމް އަދި އޯޓިޒަމް ކުދިންގެ ޙާލަތާ ގުޅުވައި އެކުދިންނަށް މަލާމާތްކޮށް ހަޖޫޖަހާފައެވެ.

Advertisement
Advertisement

އެ ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވާހަކަ ދައްކަމުން، އެމަނިކުފާނަކީ އޯޓިސްޓިކް އަދި ޑައުންސިންޑްރޯމް ހުންނަ ފަރާތެއް ކަމަށް ބުނެ މަލާމާތްކޮށްފައިވެއެވެ

ޝަހީމްގެ އިތުރުންވެސް ގިނަބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ކުށްވެރިކުރަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement