
އިސްލާމީ ލައިބްރަރީ ސަލްމާން މިސްކިތުގައި ހުޅުވަނީ
އިސްލާމީ ލައިބްރަރީ އަންނަ މަހު ސަލްމާން މިސްކިތުގައި ހުޅުވަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އިސްލާމީ ލައިބްރަރީ އަންނަ މޭ މަހު ސަލްމާން މިސްކިތުގައި އަލުން ހުޅުވިގެންދާނެ ކަމަށެވެ. އެކަމަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ނިމެމުން ދާކަމަށް ވަޒީރު ވިދާޅުވިއެވެ.
" މީގެ އިތުރުން މިއަހަރު ހުރިހައި އިސްލާމިކް ސެންޓަރެއްގައި ލައިބްރަރީ ހުޅުވިގެންދާނެ އިންޝާ ﷲ. ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒުގައި ކުރިން ހުރި އިސްލާމީ ކުޠުބުޚާނާއަކީ ރާއްޖޭގައި ހުރި އެންމެ ބޮޑު އިސްލާމީ ލައިބްރަރީ އެވެ. އެހެންނަމަވެސް ލައިބްރަރީ ހުރީ ނެތިވެ ގޮސްފައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އަލުން އިސްލާމީ ލައިބްރަރީ ހުޅުވަނީ އެލައިބްރަރީ ނެތި އަހަރުތަކެއް ފާއިތުވެފައި ވަނިކޮށެވެ.
ރިއެކްޝަންސް






