ރ.އަތޮޅުގެ ހުރިހާ ރަށެއްގައިވެސް އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފި
އަލިފުށީގައި ބީއެމްއެލްގެ ބްރާންޗެއްގެ ބިންގާ އަޅަނީ: ފޮޓޯ-ބީއެލްއެމް

ރ.އަތޮޅުގެ ހުރިހާ ރަށެއްގައިވެސް އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފި

16 އަތޮޅެއްގެ ހުރިހާ ރަށެެއްގައި އޭޓީއެމް ވަނީ ބަހައްޓާފަ

10 hours ago - 05:44
Sep 30, 2025 - 05:44
Advertisement
Advertisement

ރ.އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އޭޓީއެމްގެ ޚިދުމަތް ގާއިމްކޮށްފިއެވެ. ރ.އަތޮޅުގެ 9 ރަށެއްގައި އިއްޔެ ވަނީ ޚިދުމަތް ފަށާފައެވެ.

އެންމެ ފަހުން ޚިދުމަތް ފެށި ރ.އަތޮޅުގެ ރަށްތަކަކީ ފައިނާއި, ކިނޮޅަހާއި, އިންނަމާދޫ އާއި, ރަސްމާދޫ އާއި, މާކުރަތާއި, ހުޅުދުއްފާރާއި, އަނގޮޅިތީމާއި, ރަސްގެތީމާއި ވާދޫގައި ޚިދުމަތް ފަށާފައެވެ. މީގެއިތުރުން އަލިފުށީގައި ބީއެމްއެލްގެ ބްރާންޗެއްގެ ބިންގާވެސް ވަނީ އަޅާފައެވެ.

ވާދޫ އާއި އަނގޮޅިތީމްގައި ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފް ޢުމަރެވެ. ރ.އަތޮޅުގެ ހުރިހާ ރަށެއްގައި ޚިދުމަތް ގާއިމްކޮށް ނިމުމާއެކު މާލެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ 91 އޭޓީއެމް ބެހެއްޓިފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ.

މާލެ ފިޔަވާ ރާއްޖޭގެ 187 ރަށެއްގައި ބީއެމްއެލް އިން ވަނީ އޭޓީއެމް ބަހައްޓާފައެވެ. ބީއެމްއެލްގެ ޖުމްލަ އޭޓީއެމްގެ އަދަދަކީ 246 އެވެ.

Advertisement
Advertisement

'މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް' ޝިޢާރުގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގއި ޚިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިހާރު ރާއްޖޭގެ 16 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ޚިދުމަތްދޭން ވަނީ ފަށާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement