މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

2 days ago - 12:07
Advertisement
Advertisement

މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދަފްތަރު. ނަންބަރު ރސ 5268 / މާލެ، މުޙައްމަދު ޠާހާ (37އ) އެވެ.

މުޙައްމަދު ޠާހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2026 އެޕްރީލް 10 ވަނަ ދުވަހުގެ ހެނދުނު 08:55 އެހައިކަންހާއިރު، ހުޅުމާލެ ފޭސް 1، ނިރޮޅުމަގު، ފްލެޓް 20 ސަރަހައްދުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައިވަނީ މަގުމަތި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ނިރޮޅުމަގުން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވާފައިދިޔަ ސައިކަލެއް ފާހަގަކުރެވިގެންނެވެ. އެގޮތުން ސައިކަލު ހުއްޓުވައި ބަލައި ފާސްކުރިއިރު، ސައިކަލުގެ ކަނާތްފަރާތު ވަތްގަނޑުގައި އޮތް ޓިޝޫއެއްގެ ތެރޭގައި ފޮރުވާފައި އޮތް، މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ވަނީ ފެނިފައި ކަމަށެވެ. އެ ޕެކެޓުން ފެނުނު ތަކެތީގެ ވަގުތީ ބަރުދަނުގައި 5.14 ގްރާމް ހުރިކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement