މާލޭ ބޭރުތޮށި މަރާމާތުކުރުން މޭ މަހު ފަށަން ތައްޔާރުވެއްޖެ

މާލޭ ބޭރުތޮށި މަރާމާތުކުރުން މޭ މަހު ފަށަން ތައްޔާރުވެއްޖެ

13 hours ago - 12:58
Advertisement
Advertisement

މާލޭގެ ބޭރު ތޮށި އެކީ މަރާމާތުކުރުމަށް ހިންގާ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ މޭ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވެފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.


މާލޭގެ ބޭރު ތޮއްޓަކީ 1988 ވަނަ އަހަރުން ފެށިގެން 2002 ވަނަ އަހަރާ ހަމައަށް ފަސް ފިޔަަަވައްސަކަށް ބަހާލައިގެން ބިނާކޮށްފައިވާ ރައްކާތެރިކަމުގެ ފާރެކެވެ. ނަމަވެސް، ގިނަ ދުވަސްތަކެއް ވެފައިވުމާއި، ރާޅާއި އުދައެރުމުގެ ސަބަބުން ތޮށީގެ ހިލަތަަކާއި ޓެޓްރަޕޮޑްތައް ކަހާލައި، ކޮންކުރީޓު ފާރަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ސާވޭތަކުން ދައްކައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޖަޕާނުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޓޯޔޯ ކޮންސްޓްރަކްޝަނާއެވެ. މި ކުންފުންޏަކީ ތިމާވެށީގެ ކާރިސާތަކަށް ވިލުންތެރި ބިނާރު ތަރައްގީކުރުމުގައި އޭޝިޔާ ސަރަހައްދުގައި ފާހަގަކޮށްލެވޭ ގާބިލު ކުންފުންޏެކެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއެކު ސޮއިކޮށްފައިވަނީ ފާއިތުވި ފެބްރުއަރީ މަހުއެވެ.


ކޮންސްޓްރަކްޝަން މިނިސްޓްރީގެ ޕްރޮޖެކްޓު އިންޖިނިއާ އަހްމަދު އައިމަން ޝަރީފު ވިދާޅުވީ، މޫސުމީ ބަދަލުތަކާއެކު އުދައެރުމުގެ ހާދިސާތައް އިތުރުވަމުންދާތީ، މާލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ތޮށިގަނޑު މަރާމާތުކުރުމަކީ މިހާރު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.  މި މަޝްރޫއުގެ ދަށުން ބައެއް ސަރަހައްދުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން:

  • ރާޅުގަނޑުން ފެށިގެން ސިޓްރޯން ރެސްޓޯރެންޓާ ހަމައަށް އޮތް ތޮށިގަނޑުގެ ބައްޓަމަށް ބަދަލު ގެނައުން.
  • ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގެ ތޮށިގަނޑު 70 ސެންޓިމީޓަރަށް އުސްކުރުން.
  • ބީއެމްއެލް މައި އިމާރާތުގެ ކުރިމަތީ އޮންނަ ތޮށިގަނޑު މަރާމާތުކޮށް ބަދަލުތައް ގެނައުން.
  • މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި 16 ޕަމްޕް ސްޓޭޝަން އެއް ނިޒާމަކުން ގުޅާލައި މަރުކަޒީކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުން.

ބިނާރާ ބެހޭ ވުޒާރާއިން ގަބޫލުކުރާ ގޮތުގައި މި މަޝްރޫއު ނިމުމުން، މާލެއަށް ކުރިމަތިވާ އުދައެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، މާލޭގެ މަލަމަތި އިތުރަށް ފުރިހަމަވެގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement