ބްރިޖުގައި ދުއްވާފަދިޔަ ޕިކަޕެއް ކޮންޓްރޯލްނުވެ އެކްސިޑެންޓެވެއްޖެ
ބްރިޖްގައި ކުރިން ހިނގާފައިވާ އެކްސިޑެންޓެއް

ބްރިޖުގައި ދުއްވާފަދިޔަ ޕިކަޕެއް ކޮންޓްރޯލްނުވެ އެކްސިޑެންޓެވެއްޖެ

7 months ago - 10:16
Sep 22, 2025 - 10:16
Advertisement
Advertisement

ބްރިޖުގައި ދުއްވާފަދިޔަ ޕިކަޕެއް ކޮންޓްރޯލްނުވެ އެކްސިޑެންޓެވެއްޖެއެވެ. އެކްސިޑެންޓްވީ މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއް ބްރިޖް އެއަރޕޯޓް ލައިޓް ކައިރިން ކޮންޓްރޯލް ނުވެގޮސް ބްރިޖް މެދުގައި ޖަހާފައިވާ ޑިވައިޑަރތަކުގައި ޖެހިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ ރޭ ދަންވަރު އެވެ. ފުލުހުން ވިދާޅުވީ އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު ލިބުނީ ރޭ 02:42 އެހާކަށްހާއިރު ކަމަށެވެ. އެކްސިޑެންޓާ ގުޅިގެން ޕިކަޕް ދުއްވަން އިން ޑްރައިވަރަށާއި ޕިކަޕުގައި އިން ބިދޭސީ ފިރިހެނަކަށް އަނިޔާވެ, ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓްގައި ޕިކަޕަށާއި ޑިވަރައިޑަރއަށް ބޮޑެތި ގެއްލުންވެފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. މިމައްސަލައާ ގުޅިގެން ޕިކަޕް ޑްރައިވަރުގެ ލައިސަންސް ހިފަހައްޓައި، ޕިކަޕް ފުލުހުން ވަނީ ޓޯވކޮށްފައެވެ.

ފުލުހުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement