ދެގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭ އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއިން ސޮއިކޮށްފި
ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ޗައިނާގެ ރައީސް މަރުހަބާ ދަންނަވަނީ: ފޮޓޯ-ރައީސް އޮފީސް

ދެގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭ އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއިން ސޮއިކޮށްފި

5 days ago - 18:50
Advertisement

ދެގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭ އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއިން ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގެ ދަށުން ދެގައުމުގެ މެދުގައި ކަރަންޓް ކަރަންޓް އެކައުންޓް މުއާމަލާތްތަކާއި, ސީދާ އިންވެސްޓްމަންޓްތައް ދެ ގައުމުގެ ފައިސާއިން ހިންގުމަށް މަގުފަހުކޮށްދޭ އޮނިގަނޑެއް ގާއިމްކުރެވޭނެ ކަމަށް އިކޮންމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. އަދި މިއެއްބަސްވުމުގެ ސަބަބުން ދެގައުމުގެ މެދުގައި ވިޔަފާރިއާ އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

'ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވިޝަނަރީ ލީޑަރޝިޕްގެ ދަށުން ޗައިނާގެ ޕީޕަލްސް ބޭންކާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހާ ވުޒާރާއިން ވަނީ ލޯކަލް ކަރަންސީ ސެޓްލްމަންޓް ފްރޭމްވޯކް ޤާއިމްކުރުމަށް ފަހުމުނާމާއެއް  ސޮއިކޮށްފައެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތަކާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އަމާޒުކޮށްގެން ސޮއިކުރެވުނު ފަހުމުނާމާއެކެވެ.' އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ މެދުގައި ދެ ގައުމުގެ ފައިސާއިން މުއާމަލާތް ކުރަން ފަސޭހަވެ, ދިވެހި ވިޔަފާރިވެރިންނަށް ޗައިނާއިން އިމްޕޯރޓް ކުރުމަށްވެސް ފަސޭހަވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ދެގައުމުގެ މެދުގައި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައްވެސް އިތުރުވެގެންދާނެކަން ފާހަގަކުރައްވާފައި ވެއެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement