މަސްތުވާތަކެތީގެ މައްސަލައެއްގައި ވެލިދޫން 7 މީހުން ހައްޔަރުކޮށްފި
ވެލިދޫން ހައްޔަރުކޮށް ބަންދު އަމުރު ނެރުނު މީހުން

މަސްތުވާތަކެތީގެ މައްސަލައެއްގައި ވެލިދޫން 7 މީހުން ހައްޔަރުކޮށްފި

ރަސްދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކުވެސް ހައްޔަރުކުރި

5 days ago - 08:53
Advertisement

މަސްތުވާތަކެތީގެ މައްސަލައެއްގައި ވެލިދޫން 6 މީހުން ހައްޔަރުކޮށްފި  އެވެ. ފުލުހުން ބުނީ ހަ މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި ކަމަށެވެ.
މިހަފްތާގެ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި ވެލިދޫގެ ބައެއް ގޭގެ ބަލައި ބަލައިފާސްކުރި ކަމަށް ފުލުހުން ބުނެޏެވެ. ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނުންކަން ފުލުހުން ކަށަވަރުކޮށްދިނެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 1547.44 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން 50,000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރު ފެނުނު ކަމަށް ފުލުހުން ބުންޏެވެ. މައްސަލައިގައި ހައްޔަރުކުރި މީހުންނަކީ: 


- އަޙްމަދު މުރުޝިދު (35އ)

- ޢަބްދުﷲ ނިޝާދު (26އ)

- އަޙްމަދު އަޞީމް (26އ)

Advertisement

- އަޙްމަދު ނައުޝާދު (28އ)

- ޢަލީ ރަޝީދު (30އ)

- މުޙައްމަދު މާޢިދު (28އ)

ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ އިތުރުންވެސް އެހެން ބައެއް މީހުން ބަލާފާސްކުރި ކަމަށެވެ. 7 މީހުން ހައްޔަރުކުރި ކުރި ނަމަވެސް އެކަކު ވަނީ ކޯޓުން ދޫކޮށްލާފައެވެ. އަޙްމަދު މުރުޝިދު 8 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރު ކުރިއެވެ. ޢަބްދުﷲ ނިޝާދު އާއި އަޙްމަދު އަޞީމް އާއި އަޙްމަދު ނައުޝާދު އާއި ޢަލީ ރަޝީދު އާއި މުޙައްމަދު މާޢިދު 5 ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.


މީގެއިތުރުން ފުލުހުން ވަނީ އއ. ރަސްދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމުގެ ތުހުމަތަށްވެސް މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅީގެން ހައްޔަރުކުރީ އއ. ރަސްދޫ / ފެހިވިނަ، އަޙްމަދު އިކުލީލް (35އ) ކަމަށް ފުލުހުން ބުންޏެވެ.

ބުރާސްފަތި ދުވަހު ރަސްދޫ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާގެ ހަށިގަނޑު އެތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ނެގުމަށް ޑޮކްޓަރަށް ދައްކައި އެތަކެތި ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭނާގެ ހަށިގަނޑުން ނެގި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 70 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.
އޭނާ ދިހަ ދުވަހަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

 ދެ މައްސަލަވެސް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement