
މަތިވެރީގައި އަޅާ އެއަޕޯރޓްގެ ހުރިހާކަމެއް އެމްއޭސީއެލްއާ ހަވާލުކޮށްފި
އއ.މަތިވެރީގައި އަޅާ އެއަޕޯރޓްގެ ހުރިހާކަމެއް މޯލްޑިވްސް އެއަޕޯރޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ.
އެއްބަސްވުމުގައި ސޮއިކުރީ މިރޭ މަތިވެރިގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އއ.އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ތަރުރުފުޅުގެ ތެރެއިން މަތިވެރިއަށް ވަޑައިގެން ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިއެވެ.
ފިނޭންސް މިނިސްޓްރީން އެއަޕޯރޓްސް ކޮމްޕެނީއާ ހަވާލުކުރީ ބިން ހިއްކުމާއި, އެއަޕޯރޓް ތަރައްޤީކޮށް ހިންގުންވެސް ހިމެނޭ ގޮތަށެވެ. އެއްބަސްވުމުގައި އެއަޕޯރޓްސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސައިން އިމްރާން ޢަބްދުލްމުހައިމިން އެވެ.
ބިންހިއްކުމުގެ ތެރޭގައި ރަށުގެ ބޯހިޔާވަހިކަމާއި, ތަރައްޤީގެ މަޝްރޫއުތަކަށް ބޭނުންވާ ބިންވެސް ވަނީ ހިމަނާފައެވެ. ރައީސް ވިދާޅުވީ މަތިވެރި އެއަޕޯޓަކީ ދެކޮޅު ޖެހޭ ފީޒަބްލް ޕްރޮޖެކްޓެއް ކަމަށެވެ. މަތިވެރި އެއަޕޯރޓް ނިންމަން އަމާޒުކޮށްފައިވަނީ ދެ އަހަރާ ބައިންނެވެ.
މަތިވެރީގައި އެއަޕޯރޓެއް އެޅުމަކީ ރައީސް ޑރ.މުޙައްމަދު މުއިއްޒުގެ ވައުދެކެވެ.
ރިއެކްޝަންސް






