ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް  ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ސްޕްރިމް ކޯޓް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

11 months ago - 18:19
May 17, 2025 - 18:24
Advertisement
Advertisement

ސުޕްރީމް ކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފައެވެ.

މިކަމާއި ގުޅިގެން ޖޭއެސްސީން ކުރި އިއުލާނެއްގައި ވިދާޅުވީ މި މަޤާމުތަކަށް ކުރިމަތިލުމުގެ އެންމެފަހުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކަމަށެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަޤާމު ހުސްވީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ އާއި ގުޅޭ ސުލޫކީ މައްސަލައެއްގައި މިދިޔަ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ.

ޖޭއެސްސީން ދެ ފަނޑިޔާރުންނަށް ކޮށްފައިވާ ތުހުމަތަކީ ދަށުކޯޓުގައި އޮތް މައްސަލައަކަށް ނުފޫޒު ފޯރުވުމުގެ ތުހުމަތެވެ. ޖޭއެސްސީން ހުށަހެޅި ރިޕޯޓަކަށް މަޖިލިހުން މި ދެ ފަނޑިޔާރުން ވަކިކޮށްފައިވާއިރު މި ދެފަނޑިޔާރުންވެސް ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ. 

ދެ ފަނޑިޔާރުން ވަކި ކުރުމާއި ގުޅިގެން ރާއްޖޭއާއި، ރާއްޖެއިން ބޭރުގެ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ކަން ބޮޑުވުންވެސް ފާޅުކުރައްވާފައެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement