
ދިވެހި ޙައްޖުވެރިން ފުރަން ފަށާނީ މިމަހު 26 ގައި
މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ ހައްޖުވެރިން ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ދުވަސްތައް އިސްލާމިކް މިނިސްޓްރީން އިޢުލާނުކުރައްވައިފިއެވެ.
އެ ގޮތުން މި އަހަރު ރާއްޖެއިން ހައްޖަށްދާ ފުލައިޓްތައް ފުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި އަދި ފުލައިޓްތަކުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ހައްޖުވެރިންގެ އަދަދުތަކަކީ:
- ފުރަތަމަ ފުލައިޓް: މި މަހުގެ 26 ވަނަ ދުވަސް: 235 ހައްޖުވެރިން
- ދެވަނަ ފުލައިޓް : މި މަހުގެ 27 ވަނަ ދުވަސް: 257 ހައްޖުވެރިން
- ތޮންވަނަ ފުލައިޓް: މި މަހުގެ 29 ވަނަ ދުވަސް: 250 ހައްޖުވެރިން
- ދެވަނަ ފުލައިޓް : މި މަހުގެ 30 ވަނަ ދުވަސް: 250 ހައްޖުވެރިން
އިސްލާމިކް މިނިސްޓްރީން އާއްމުކުރައްވާފައިވާ މައުލޫމާތުތަކުގައިވާ ގޮތުން މި ހަތަރު ފުލައިޓުގައި ޖުމުލު 992 މީހަކު ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ސައުދީއަށް ފުރުމަށް ހަމަޖެހިފައިވެއެވެ.
އަދި ހައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ގޮތަށް ބަލާއިރު 27 އަދި 29 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ ފަރާތްތައް ދަތުކުރާނީ ދިވެހިރާއްޖޭގެ ގައުމީ އެއާލައިނުގެ މޯލްޑިވިއަންގެ ބޮޑު މަތިންދާ ބޯޓުގައެވެ.
މި އަހަރު ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓު އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު ސައުދީ ސަރުކާރުން ދީފައިވާވާތީވެ، ރާއްޖެއިން ހައްޖުވެރީން ފުރާއިރު، ސައުދީގެ އިމިގްރޭޝަންގެ ކަންތައްތައްވެސް އޮންނާނާނީ ނިމިފައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ރިއެކްޝަންސް






