ފަނޑިޔާރުން ވަކިކުރީ އިޖުރާއަތްތަކާ އެއްގޮތަށް, ރައީސް މުއިއްޒު ނުފޫޒެއް ނުފޯރުއްވާނެ- ޚަލީލް
ފޮރިންގ މިނިސްޓަރ ޢަބްދުالله ޚަލީލް

ފަނޑިޔާރުން ވަކިކުރީ އިޖުރާއަތްތަކާ އެއްގޮތަށް, ރައީސް މުއިއްޒު ނުފޫޒެއް ނުފޯރުއްވާނެ- ޚަލީލް

ސަރުކާރުން ޝަރުޢީ ދާއިރާގެ މިނިވަންކަން ދަމަހައްޓާނެ

2 months ago - 14:36
May 17, 2025 - 14:36
Advertisement
Advertisement

ސްޕްރީމް ކޯޓްގެ ފަނޑިޔާރުން ވަކިކުރީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށް ވިދާޅުވު, ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުއްވާނެ ކަމުގެ ޔަޤީންކަން ފޮރިންގ މިނިސްޓަރ ޑރ.ޢަބްދުالله ޚަލީލް ބައިނަލްއަޤްވާމީ ފަރާތްތަކަށް ދެއްވައިފިއެވެ.

ފޮރިންގ މިނިސްޓަރ ބައިނަލްއަޤްވާމީ ފަރާތްތަކަށް ޚާއްޞަކޮށް މިފަދަ ޕޯސްޓެއް ކުރެއްވީ, ސްޕްރީމް ކޯޓްގެ ފަނޑިޔާރު ވަކިކުރެއްވި މައްސަލާގައި ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ, އިދިކޮޅު އެމްޑީޕީން ބައިނަލްޤްވާމީ ފަރާތްތަކުގެ ސަމާލުކަމަސް އެކަން ގެންނާތީއެވެ. އެމްޑީޕީން ވަނީ ކޮމަންވެލްތްގެ ސަމާލުކަމަށްވެސް އެކަން ގެނެސް, ސަރުކާރުންނާއި ރައީސުލްޖުމްހޫރިއްޔާ ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާކަމަށް ބުނެފައެވެ.

ނަމަވެސް ފޮރިންގ މިނިސްޓަރ ޑރ.ޢަބްދުالله ޚަލީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބައިނަލްއަޤްވާމީ ފަރާތްތަކަށް ދޮގު މައުލޫމާތު ދެމުންދާކަމަށެވެ. ތެދު ހާމަކުރަން ޚަލީލް ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލާފައެވެ.

ސްޕްރީމް ކޯޓްގެ ދެ ފަނޑިޔާރުން ވަކިކުރީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބެލުމަށްފަހު ދެ ފަނޑިޔާރުން ވަކިކޮށްދޭން ރައްޔިތުންގެ މަޖިލިހުގައި އެދުމުން އެމަޖިލިހުންނެވެ. ނަމަވެސް ޖޭއެސްސީން ދެ ފަނޑިޔާރުންގެ މައްސަލަ ބެލުމުގައި އިޖުރާއަތްތައް ފުރިހަމަނުކޮށް, އުސޫލާ ހިލާފަށް އަމަލުކުރި ކަމުގެ ތުހުމަތު ކުރެއެވެ. ރައްޔިތުންގެ މަޖިލިހުގެ ކައުންސެލް ޖެނެރަލްވެސް އެކަން ފާހަގަކުރައްވާ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް އެލަފާ ދެއްވިއެވެ.

Advertisement
Advertisement

" އިދިކޮޅު ފަރާތްތްތަކުން ޒިންމާދާރު ކަމާއެކު ބައިނަލްޤްއަޤްވާމީ ފަރާތްތަކުގައި ފެކްޓާއި, ތެދު ހާމަކުރުމަށް އެދެން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރު ދެމި އޮންނާނީ ޝަރުޢީ ދާއިރާގެ މިނިވަންކަން ދަމަހައްޓާ, ޤާނޫނު ދެމެހެއްޓުންމަތީ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement