ޕީއެންސީގެ "ދޮރުން ދޮރަށް" ހަރަކާތް ވަރުގަދަކޮށްފި: މިއަދު އޮތީ ހެންވޭރު ހުޅަނގު ދާއިރާގައި

ޕީއެންސީގެ "ދޮރުން ދޮރަށް" ހަރަކާތް ވަރުގަދަކޮށްފި: މިއަދު އޮތީ ހެންވޭރު ހުޅަނގު ދާއިރާގައި

2 hours ago - 08:32
Feb 23, 2026 - 08:37
Advertisement
Advertisement

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރައްވާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މާލޭގައި ކުރިއަށްގެންދާ "ދޮރުން ދޮރަށް" ހަރަކާތްތައް ވެރިކަން ކުރާ ޕީއެންސީން ވަރުގަދަކޮށްފިއެވެ.


މި ހަރަކާތުގެ ދަށުން އިއްޔެ ވަނީ މައްޗަންގޮޅި މެދު ދާއިރާގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގައި ޕީއެންސީގެ އިސްވެރިންނާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން ޕާޓީގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވެފައިވެއެވެ. މި ހަރަކާތުން ފެނިގެންދިޔައީ ޕާޓީގެ އެތެރޭގެ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. 

Advertisement
Advertisement


ކެމްޕެއިންގެ މި ހަރަކާތްތައް މިއަދުވެސް މާލޭގައި ކުރިއަށްދާނެއެވެ. އެގޮތުން މިއަދު ބޭއްވުމަށް ހަމަޖެހިފައިވަނީ ހެންވޭރު ހުޅަނގު ދާއިރާގެ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތެވެ. މިއަދު މެންދުރުފަހު 13:15 ހާއިރު ހީނާމާގެ ޕާކިންގ ޒޯން ސަރަހައްދުން ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.


މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ސިޔާސަތުތައް ރައްޔިތުންނަށް އޮޅުންފިލުވައިދީ، ކައުންސިލްތަކަށް ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮވުމުގެ މުހިންމުކަން ރައްޔިތުންނަށް ހާމަކޮށްދިނުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement