ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ރަސްމީކޮށް ހުޅުވައިފި

ޕީއެންސީގެ ގަލޮޅު ދެކުނު ދާއިރާގެ ކެމްޕެއިން ޖަގަހަ ރަސްމީކޮށް ހުޅުވައިފި

3 hours ago - 08:47

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާއަށް ކަނޑައަޅާފައިވާ ކެމްޕެއިން ޖަގަހަ ރޭ ރަސްމީކޮށް ހުޅުވައިފިއެވެ.


މި ޖަގަހަ ހުޅުވުމަށްޓަކައި ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޖަގަހަ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ.


މި ހަފްލާގައި ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލް ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓާއި، ކައުންސިލް އިންތިޚާބުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއެވެ.


ކުރިއަށް އޮތް އިންތިޚާބާ ގުޅިގެން ޕީއެންސީން އަންނަނީ ވަރަށް ފޯރިއާއެކު ސިލްސިލާކޮށް "ދޮރުން ދޮރަށް" ހަރަކާތްތައް ހިންގަމުންނެވެ. މި ހަރަކާތްތަކުގެ މަޤްޞަދަކީ ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ސަރުކާރުގެ ސިޔާސަތުތަކާއި ކެންޑިޑޭޓުންގެ ތަޞައްވުރު ހާމަކުރުމެވެ.


އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ޕާޓީއަކީ ވެސް ވެރިކަން ކުރާ ޕީއެންސީކަން ފާހަގަކުރެވެއެވެ. ރޭ ހުޅުވުނު ޖަގަހައާއެކު ގަލޮޅު ދެކުނު ދާއިރާގެ ކެމްޕެއިން ހަރަކާތްތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އެ ޕާޓީން ބުނެއެވެ.               

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow