އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

5 hours ago - 11:46

އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކު އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، އެ ކޮމިޝަނުން ހުސްވެފައިވާ މަގާމަށް މެންބަރަކު އައްޔަންކުރެއްވުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އޮފީހުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 3 ޖޫން 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށެވެ.


މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، އަދި ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އާ ހަމައަށެވެ.


މީގެ އިތުރުން، މި މަގާމަށް ކުރިމަތިލުމަށް ބޭނުންވާ ފޯމާއި އިޤްރާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓް (presidency.gov.mv) އިން ޑައުންލޯޑް ކުރެއްވޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.


އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކު މި އިސްތިއުފާ ދެއްވާފައިވަނީ ކޮމިޝަނުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި މަގާމަށް ބޭފުޅަކު އައްޔަންކުރެވޭނީ މަޖިލީހަށް ނަންތައް ފޮނުވައި، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow