ޕާޓީ ބަދަލުކުރުމާ ގުޅިގެން  ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ހުސްވެއްޖެކަމަށް އެލްޖީއޭއިން ކަނޑައަޅައިފި

ޕާޓީ ބަދަލުކުރުމާ ގުޅިގެން ވ. ތިނަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ހުސްވެއްޖެކަމަށް އެލްޖީއޭއިން ކަނޑައަޅައިފި

4 hours ago - 19:34

އިންތިޚާބުވި ސިޔާސީ ޕާޓީ ބަދަލުކުރުމާ ގުޅިގެން ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު ޢަލީގެ ގޮނޑި ހުސްވެފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފިއެވެ.

ޝުޖާއު ޢަލީ ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ 'ދަ ޑިމޮކްރެޓްސް' ގެ ޓިކެޓުގައެވެ. ނަމަވެސް، މަގާމުގައި ހުންނަވައި އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް އޭނާ ވަނީ ސޮއިކުރައްވާފައެވެ.

މިކަމާ ގުޅިގެން އެލްޖީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު، މިއަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވ.ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިހާބުވުމަށްފަހު ދައުރު ފެށުނުފަހުން އިންތިހާބުވެފައިވާ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި މިދިޔަ މޭ މަހުގެ 19 ވަނަ ދުވަހު އިލެކްޝަން ކޮމިޝަންގައި ދަފްތަރުވެފައިވާކަން އަންގާފައިވާކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow