ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލައިފި

ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕުން ނާޒިމް ބޭރުކޮށްލައިފި

4 hours ago - 11:53

ޕީއެންސީގެ މަޖިލިސް މެންބަރުންނަށް އިރުޝާދު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވަޓްސްއެޕް ގްރޫޕުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް މިއަދު ބޭރުކޮށްލައިފިއެވެ.


މައުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރު ހިންގާ މައި ޕާޓީގެ މެންބަރުން ހިމެނޭ މި ގްރޫޕުގެ އެޑްމިންއަކީ ހަމައެކަނި ރައީސް މުއިއްޒެވެ. އެހެންކަމުން ނާޒިމް ގްރޫޕުން ބޭރުކުރެއްވީ ސީދާ ރައީސްގެ ނިންމެވުމަކަށް ކަމަށް ބެލެވުނު ނަމަވެސް، އެކަން ކުރެއްވި ސީދާ ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ.


އަހްމަދު ނާޒިމަކީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގެ އިތުރުން، ސަރުކާރު ހިންގާ ޕާޓީގެ އެންމެ އިސް އެއް މެންބަރެވެ. ނާޒިމް މި ގްރޫޕުން ބޭރުކޮށްލާފައި މިވަނީ، ސަރުކާރުގެ ބައެއް ނިންމުންތަކާ ގުޅޭގޮތުންނާއި މަޖިލީހުގެ ތެރޭގައި ހިނގަމުންދާ ބައެއް ކަންކަމާ ގުޅިގެން ސަރުކާރުގެ އިސްވެރިންނާއި އޭނާއާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުޅޭކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ.


މި ހާދިސާއާ ގުޅިގެން ސަރުކާރުގެ ފަރާތުން ނުވަތަ ޕީއެންސީގެ ފަރާތުން މިހާތަނަށް ރަސްމީކޮށް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިބު ރައީސް ނާޒިމަކީ މަޖިލީހުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ ދެ ބޭފުޅުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow