20 އަހަރުގެ ތަރައްޤީގެ ޕްލޭންގެ ތަންފީޒީ އޮނިގަނޑު ޖުލައި މަހުގެ ނިޔަލަށް ނިންމަނީ

20 އަހަރުގެ ތަރައްޤީގެ ޕްލޭންގެ ތަންފީޒީ އޮނިގަނޑު ޖުލައި މަހުގެ ނިޔަލަށް ނިންމަނީ

3 hours ago - 12:15

ދިވެހިރާއްޖޭގެ ކުރިމަގަށް އަމާޒުކޮށްގެން އެކުލަވައިލާ 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭންގެ އަމަލީ އޮނިގަނޑު މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، ކޮންމެ ފަސް އަހަރަކުން ދައުލަތުގެ ސިޔާސަތުތަކާއި މިސްރާބަށް އަންނަ ބަދަލުތަކަކީ ޤައުމުގެ ކުރިއެރުމަށް އޮތް ބޮޑު ހުރަހެކެވެ.

އެހެންކަމުން، ރައްޔިތުންގެ ލަފަޔާއި އިރުޝާދުގެ މަތިން 20 އަހަރުގެ ދުރު ރާސްތާ ޕްލޭނެއް އެކުލަވައިލައި، އެއަށް ޤާނޫނީ ބާރުވެރިކަން ދިނުމަކީ ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށްޓަކައި އެޅޭނެ އެންމެ މުހިންމު ފިޔަވަޅު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.


މި މަސައްކަތުގެ ދަށުން، މުޅި ޤައުމުގެ ބައިވެރިވުން ހިމެނޭހެން ތަރައްޤީގެ "ރޯޑްމެޕް" ކަނޑައެޅުމަށްޓަކައި، މިއަހަރުގެ ޖޫން މަހު ޚާއްސަ މަހާސިންތާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަރުޙަލާއަށްފަހު، 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭންގެ ތަންފީޒީ އަދި މޮނިޓަރިންގ އޮނިގަނޑާއެކު އެކުލަވައިލެވޭ އެންމެފަހުގެ ޕްލޭން، މި އަހަރުގެ ޖުލައި މަސް ނިމުމުގެ ކުރީގައި ނިންމާނެކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. 

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow