ލޯކަލް ކައުންސިލް އިންތިހާބަށް އޮފިޝަލުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

ލޯކަލް ކައުންސިލް އިންތިހާބަށް އޮފިޝަލުން ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

12 hours ago - 19:28
Feb 9, 2026 - 19:30

ލޯކަލް ކައުންސިލް އިންތިޚާބަށާއި އަންހެނުންގެ ތަރައްޤީީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ބޭނުންވާ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އަނެއްކާވެސް މިއަދު އިއުލާނުކޮށްފިއެވެ.

މިކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، ލޯކަލް ކައުންސިލް އިންތިޚާބަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް މަސައްކަތް ކުރުމަށް 7،000 އަށް ވުރެން ގިނަ އޮފިޝަލުން ހޯދުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިއުލާންކުރި ނަމަވެސް، ބޭނުންވާ އަދަދަށް އޮފިޝަލުން ކުރިމަތިލާފައި ނުވާތީ، އަލުން  އެކަމަށް އިއުލާންކޮށްފައިވާ ކަމަށެވެ.

އޮފިޝަލުންގެ ތެރެއިން ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސާ ފަރާތަކަށް 2،900 ރުފިޔާ ދޭއިރު، ވެރިޔާގެ އެހީތެރިއަކަށް ހަމަޖައްސާ ފަރާތަކަށް 2،600 ރުފިޔާ، އަދި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އެހެން އޮފިޝަލުންނަށް 2،300 ރުފިޔާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހަމަޖައްސާފައެވެ. އަދި މީގެއިތުރުން،  ގުނާ އޮފިޝަލަކަށް ހަރަކާތްތެރިވާ ފަރާތަކަށް 1،800 ރުފިޔާ ދޭއިރު، ރިޒާވް އޮފިޝަލުންނަށް 1،000 ރުފިޔާ އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އޭގެއިތުރުން، މަސައްކަތްކުރާ ގަޑިތަކަށްބަލާ ކެއުމާއި ސައިގެ އެލަވަންސް އަދި އިތުރުގަޑީގައި ފައިސާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ އިއުލާނުގައިވާގޮތުގައި، އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކަށް މިހާރު އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ކަމަށާޢި، ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 22 މާރިޗު 2026 ގެ 15:00 ނިޔަލަށް ކަމަށެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow