4000 ފްލެޓް ލިބޭ މީހުންނާއެކު މާދަމާ އެއްބަސްވުމުގައި ސޮއިކުރަން ފަށަނީ
ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4000 ފްލެޓް

4000 ފްލެޓް ލިބޭ މީހުންނާއެކު މާދަމާ އެއްބަސްވުމުގައި ސޮއިކުރަން ފަށަނީ

ސޮއިކުރުން އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި

5 hours ago - 09:39
Jul 20, 2025 - 09:39
Advertisement
Advertisement

4000 ފްލެޓް ލިބޭ ފަރާތްތަކާއެކު މާދަމާ އެއްބަސްވުމުގައި ސޮއިކުރަން ފަށާނެ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނެފިއެވެ. ރޭ އެކޯޕަރޭޝަނުން ނެރުނު ބަޔާނުގައި ބުނީ 4000 ހައުސިންގ ޔުނިޓު ލިބޭ ފަރާތްތައް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަނޑައެޅުމާ ގުޅިގެން، އެފްޑީސީއިން އެ ފަރާތްތަކާއެކު، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މާދަމާ ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

އެފްޑީސީ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުގެ އެއްބަސްވުމުގައި ސޮއިކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި ހެނދުނުނު 09:00 ން 16:00 އާ ދެމެދުއެވެ.

އެ ސަރަހައްދުތައް ކަނޑައެޅުމަށްފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެކަމަށް އެކޯޕަރޭޝަނުން ވިދާޅުވިއެވެ.

" އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ޙަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ." ބަޔާނުގައި ވެއެވެ.

Advertisement
Advertisement

އެއްބަސްވުމުގައި ސޮއިކުރުމަށް ދާންޖެހޭ ޖެހޭ ދުވަހާއި ގަޑި ޔުނިޓު ލިބޭ ފަރާތްތަކަށް، އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް ޝެޑިއުލްކޮށް، އަންގާނެ ކަމަށް އެފްޑީސީން ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ދާއިރު ގެންދަންޖެހޭ ލިޔުންތައް:

1- ކުއްޔަށްހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް

2- ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް

3- ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއެއް

4- ޒިންމާއަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު

5- އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް

ޔުނިޓުތައް ހަވާލުކުރަނީ ފިނިޝިންގ މަސައްކަތްތައް ނިންމާފައި ކަމަށް އެފްޑީސީން ވިދާޅުވިއެވެ. އެގޮތުން، ޔުނިޓުތައް ހަވާލުކުރާއިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހާ، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެކަމަށް ވ

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement