އިއްޔެވެސް ޣައްޒާގައި 116 މީހުން ޝަހީދުކޮށްލި, ހައިހޫނުކަމުގައި ޣައްޒާ ހާންތިވަނީ
ކަފުންކުރެވިފައިވާ ހަށިތަކެއްގެ ކައިރީގައި އާއިލާގެ މީހަކު ހިތާމައިގައި. ފޮޓޯ: ރޮއިޓާސް

އިއްޔެވެސް ޣައްޒާގައި 116 މީހުން ޝަހީދުކޮށްލި, ހައިހޫނުކަމުގައި ޣައްޒާ ހާންތިވަނީ

15 hours ago - 23:36
Jul 20, 2025 - 09:41

އިޒްރާއިލްއިން ޣައްޒާގެ އެކި ސަރަހައްދުތަކުގައި އިއްޔެދިން ހަމަލާތަކުގައި 116 މީހުން ޝަހީދުވެފައިވާކަމަށް ސިއްޙީ މަސްދަރުތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ. ޝަހީދުކޮށްލި މީހުންގެ ތެރޭގައި އެހީ ލިބުގަތުމަށް ގޮސްތިބި 38 މީހަކުވެސް ހިމެނޭކަމަށް މަސްދަރުތަކުން ބުނެފައި ވެއެވެެ. 

ހައިނޫކަށް ވަށާލާ މުޅި ޣައްޒާ ހާންތިވެފައިވާކަމަށް އދ ން ބުނަމުންދަނިކޮށް މިއަދު މަހެއްނުވާ ތުއްތު ކުއްޖަކާއެކު އިތުރު ދެމީހަކު ބަނޑަށް މަރުވެފައިވާ ކަމުގައިވެސް އަލް-ޝިފާ ހޮސްޕިޓަލްގެ ޑިރެކްޓަރު ވަނީ ބުނެފައެވެ.

ޣައްޒާގެ އިންޓީރިއަރ މިނިސްޓްރީން ބުނިގޮތުގައި ނުސީރަތު ސަރަހައްދުގައި ގެއަކަށް އިޒްރާއިލްއިން ދިން ހަމަލާއެއްގައި ނުސީރަތު ފުލުހުންގެ ޑިރެކްޓަރު ކާނަލް އޮމަރް ސައީދު އަގްލް އާއި އޭނަގެ އާއިލާގެ 11 މީހުންވެސް ވަނީ ޝަހީދުކޮށްލާފައެވެ. 

މެދުތެރޭ އަޒް-ޒަވާއިދާގައި ބިޔަ ޤަތުލެއް ހިންގާފައިވާކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މިއާއެކު މި ނުބައި ޖަރީމާ ހުއްޓުވައި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބާރުއަޅައިދިނުމަށް ޣައްޒާއިން ވަނީ އަނެއްކާނވެސް ބައިނަލް އަޤުވާމީ މުޖުތަމަައުގައި އާދޭހާއެކު އެދިފައެވެ.

Advertisement
Advertisement

22 މަސްވާން ކައިރިވެފައިވާ ޣައްޒާ ޤަތުލްއާންމުގައި މިހާތަނަށް ޝަހީދުކޮށްލި މީހުންގެ ރަސްމީ އަދަދަކީ 58,765 އެވެ. ދެ މަހުގެ މެދުކެނޑުމަކަށްފަހު ހަމަލާތައް އަލުން ފެށިފަހުން އިޒްރާއިލްއިން ދަނީ ދުވާލަކު އެވްރެޖްކޮށް 100 އަށްވުރެ ގިނަ މީހުން މަރަމުންނެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow