ރައީސް މުއިއްޒު, ފިޔާޒުއަށް އިންޒާރު ދިންކަމަށް ބެލެވެން ނެތް, ދައުވާ ނުކުރަން ނިންމައިފި
ރައީސް މުއިއްޒު އާއި ޕީޖީ އައްބާސް ޝަރީފް: ފޮޓޯ-ރައީސް އޮފީސް

ރައީސް މުއިއްޒު, ފިޔާޒުއަށް އިންޒާރު ދިންކަމަށް ބެލެވެން ނެތް, ދައުވާ ނުކުރަން ނިންމައިފި

1 day ago - 20:02
Mar 24, 2025 - 20:02
Advertisement
Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އަދަދު ނޫހުގެ ސީއީއޯ އަދި ނޫސްވެރިޔާ ހުސައިން ފިޔާޒުއަށް ގުޅާ އިންޒާރު ދިންކަމަށް ބެލެވެން ނެތްކަމަށް ބަލާ, ދައުވާ ނުކުރަން ޕީޖީ ނިންމައިފި އެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމައްސަލަ ތަހުގީގު ކުރުމަށްފަހު ދިވެހި ފުލުހުންގެ ޚިދުމަތުން, އެމައްސަލައިގައި ދައުވާ ކުރުމަށް މިމަހުގެ 23 ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް މައްސަލައިގައި ފުލުހުން ހޯދާފައިވާ ހެކި, ޤަރީނާ ދިރާސާކޮށް ބެލިއިރު, ރައީސުލްޖުމްހޫރިއްޔާ ފިޔާޒަށް ގުޅާ އިންޒާރުދިންކަމަށް ޤާނޫނީ ގޮތުން މާނަކުރެވޭނެ ބަހެއް ނުވަތަ އިބާރާތެއް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާފައިވާކަން އިނގެން ނެތްކަމަށް ބަޔާނުގައި ވެއެވެ. ދައުވާ ނުކުރަން ނިންމެވީ އެސަބަބާހުރެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ހުސައިން ފިޔާޒު ހުށަހެޅުއްވި މައްސަލައިގައި ވަނީ "ޤްނޫނީ ގޮތުން އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް" ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިންޒާރު ދިން ކަމަށެވެ. ޕީޖީން ބުނީ މިއީ ޤާނޫނީ ނައްސުތަކަށް ފެތޭ އިންޒާރު ދިނުމުގެ އަމަލެއް ނޫން ކަމަށެވެ. އެހެންކަމުން މިއީ ޖިނާއީ ދައުވާއެއް ކުރެވޭނެ މައްސަލައެއް ނޫން ކަމަށް ނިންމެވީކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement
Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement