ނިމިދިޔަ 5 އަހަރުތެރޭ ޓްރެފިކް ޖޫރިމަނާގެ ގޮތުގައި 172 މިލިއަން ރުފިޔާ ހޯދި: ފުލުހުން

ނިމިދިޔަ 5 އަހަރުތެރޭ ޓްރެފިކް ޖޫރިމަނާގެ ގޮތުގައި 172 މިލިއަން ރުފިޔާ ހޯދި: ފުލުހުން

ނިމިދިޔަ ފަސް އަހަރުތެރޭ ޓްރެފިކް ޖޫރިމަނާގެ ގޮތުގައި 172 މިލިއަން ރުފިޔާ ހޯދި ކަމަށް ފުލުހުން ވިދާޅުވެއްޖެ

7 months ago - 13:30
Feb 6, 2024 - 15:07
Advertisement

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ނިމިދިޔަ ފަސް އަހަރުތެރޭ ޓްރެފިކް ޖޫރިމަނާގެ ގޮތުގައި 172 މިލިއަން ރުފިޔާ ހޯދި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ނިއުސް އަށް މައުލޫމާތުތައް ހިއްސާކުރަމުން ފުލުހުން ވިދާޅުވެފައިވަނީ  17 ނޮވެމްބަރު 2018 އިން ފެށިގެން 17 ނޮވެމްބަރު 2023 ގެ ނިޔަލަށް 172،675،905 ރުފިޔާ ހޯދާފައިވާ ކަމަށެވެ.

އެ ފައިސާގެ ތަފުސީލެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.

ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފުލުހުން ގިނަ އަދަދެއްގެ ފައިސާ ހޯދައެވެ.

Advertisement

މިދިޔަ އަހަރު ނިމުނުއިރު ޓްރެފިކް ޖޫރިމަނާގެ ގޮތުގައި ނުލިބި 193 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ.

މިދިޔަ ފަސް އަހަރު 2،000 އަށްވުރެ ގިނަ އުޅަނދު ޓޯކުރިއިރު، ޕާކު ކުރާނެ ތަނެއް ނުދައްކައި ޕާކިން ސްޓިކާ ނުޖެހުމަކީ މިދިޔަ ސަރުކާރުގެ ވެސް އަދި މި ސަރުކާރުގެ ވެސް ވައުދެކެވެ.

މި އަހަރު ސަރުކާރު ބަދަލުވުމާ އެކު، ފުލުހުން ވަނީ ޕާކިން ޖާގަ ހޯދައިނުދީ ޕާކިން ސްޓިކާ ނުޖަހާނެކަން އިއުލާނުކޮށްފައެވެ.

އެކަން އާންމުކޮށް އިއުލާނުކުރުމާ އެކު ހަމައެއްލަމައެއް ނެތި މަގުތަކުގައި ޕާކުކުރުމުގެ މައްސަލަ ވަނީ ބޮޑުވެފައެވެ.

މާލޭގެ ކާރޫބާރޫ ބޮޑު މަގުތަކުގެ ދެ ފަޅީގައި ޕާކުކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement