ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ކޮމިޝަން ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ-ބްރޯޑްކޮމް

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

12 months ago - 17:33
Apr 6, 2025 - 17:34
Advertisement
Advertisement

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. އެކޮމިޝަންގެ މެމްބަރުކަމަށް ހުޅުވާލީ ކޮމިޝަންގެ ކުރީގެ ނައިބުރައީސް މުޙައްމަދު ފަޒީން އިސްތިއުފާ ދެއްވުމުންނެވެ.

ފަޒީން އިސްތިއުފާދެއްވީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވި, ރައްޔިތުންގެ މަޖިލިހުން އެމައްސަލަ ބަލާ އޭނާ ވަކިކުރަން ކޮމިޓީން ނިންމާފައިވަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލީ ކޮމިޝަންގެ މެމްބަރުކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 15 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށެވެ.

މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނަނީ ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް އިން ޑައުންލޯޑު ކުރެއްވޭނެ ކަމަށް އެއޮފީހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement