މީސްމީޑިއާގައި ދައުރުވަމުންދަނީ އޭސީސީއިން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫން: އޭސީސީ

މީސްމީޑިއާގައި ދައުރުވަމުންދަނީ އޭސީސީއިން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫން: އޭސީސީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދަނީ އޭސީސީން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫންކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެ

5 months ago - 23:34
Feb 11, 2024 - 23:47
Advertisement

ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވި މީހުންގެ ފޯމްތައް ތަހުގީގު ކުރުމަށް ފަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެކުލަވާލި ލިސްޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ލިސްޓަކީ އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫން ކަމަށް އޭސީސީން މިއަދު ބުނެފިއެވެ.

އޭސީސީން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމާ ގުޅޭގޮތުން ތަހުގީގުކުރި މައްސަލައިގައި އެ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ލިސްޓެއް އާއްމުކުރިނަމަވެސް، އެއީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ލިސްޓެއް ނޫންކަމަށެވެ.

Advertisement

އޭސީސީއިން ބުނެފައިވާގޮތުން ތަހުގީގުގެ ބޭނުމަށް އެ މުއައްސަސާއިން ލިސްޓެއް އެކުލަވާލިކަމަށެވެ.

އެހެންނަމަވެސް އެ ލިސްޓު ހިއްސާކޮށްފައިވަނީ ހައުސިން މިނިސްޓްރީއަށާއި މައްސަލައިގައި ޖަވާބުދާރީވާންޖެހޭ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއާއި އެކަނިކަމަށެވެ.

Advertisement

އަދި ތަހުގީގުތަކުގެ ހޯދުންތައްވެސް ހިއްސާކޮށްފައިވާނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށްވާއިރު އެ ނޫން އެހެން ގޮތެއްގެ މަތިން މައްސަލައާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިނުވާނެކަމަށް ބުނެފައިވެއެވެ.

އޭސީސީން ވަނީ އާންމު ރައްޔިތުންނާ ގުޅުންހުރި މިފަދަ ހައްސާސީ މައްސަލައެއްގައި، ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅުވާލުމަށް ސޯޝަލް މީޑިއާގައި ޙަޤީޤަތާ ޚިލާފު ވާހަކަ ފެތުރުމަކީ، ރައްޔިތުންގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ކުރާ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ވިދާޅުވެ، އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އޭސީސީއިންވަނީ މަސައްކަތްތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތްކަމުގެ ޔަގީންކަންވެސް ދީފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement