 
                                ރޯދަމަހުގެ ފަހުން ރައްޔިތުންގެ މަޖިލީސް އިންތިޚާބު ބާއްވަން ފާސްކޮށްފި
މަޖިލީހުން މިގޮތަށް ފާސްކުރިނަމަވެސް އިންތިޚާބު ބާއްވަން މިހާރު ނިންމާފައިވާ ތާރީޚުގައި ބޭއްވުމަށް ގާނޫނީގޮތުން ހުރަސްއެޅޭނީ މިއަދު ފާސްކުރި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން.
އަންނަ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ. 
އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު މިއަދު މަޖިލީހުން ފާސްކޮށްފައިވަނީ 46 މެންބަރުންގެ ވޯޓުންނެވެ. 
އެ އިސްލާހާ ދެކޮޅަށް ވޯޓު ދެއްވީ ތިން މެންބަރުންނެވެ. 
އިލެކްޝަންސް ކޮމިޝަނުން އަންނަނީ އަންނަ މާޗުމަހުގެ 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ. 
ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ގާނޫނުގެ 43 ވަނަ މާއްދާއަށް އަކުރުތަކެއް ވަނީ އިތުރުކޮށްފަ އެވެ. 
އެގޮތުން ރޯދަމަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ ކަމަށް އެ އިސްލާހުގައި ވަނީ ހިމަނާފައެވެ. 
އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަމަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަމަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައި ވެއެވެ.
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                     
                                                                                                                                             
                                                                                                                                            